ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވާން އުޅުނު މީހާ މަރުވެއްޖެ

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެގެން  ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ މީހާ މިއަދު މަރުވެއްޖެ އެވެ. 
އެނގުން މުހިންމު - ސާޖިދު ސަމީރު، 34 ފުލުހުން ބަންދުކޮށްފައި ވަނީ މަސްތުގެ ހާލަތުގައި ހުރެ ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު އެވެ. އެގޮތުން: 
ބަންދުގައި ބަހައްޓާފައި ހުރި އޭނާގެ ގޮޅި ތެރޭގައ ިއޭނާ މަރުވާން މަސައްކަތްކުރީ މިމަހުގެ 4 ވަނަ ދުވަހު ރޭ
އެ ރޭ އޭނާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައި 
ތަފްސީލް - އޭނާ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި މަރުވެފައިވާކަން ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފަ އެވެ. އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ހާލު ސީރިއަސް އެވެ. 
އެނގުން މުހިންމު - އެ ހާދިސާ ހިނގުމާ އެކު ފުލުހުން ބުނެފައި ވަނީ އެ މައްސަލަ އެޗްއާރުސީއެމްއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެތެރޭގެ ތަހުގީގެއް ވެސް އެކަމުގައި ފަށާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެކަން ހިނގި ގޮތް ތަހުގީގު ކުރަން ފުލުހުންގެ މޭޖާ ކްރައިމް، އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް ވެސް ފުލުހުން އެރަށަށް ފޮނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ