މިދިޔަ އަހަރަށް ނިންމަންޖެހޭ ގޮތަށް ބަޔަކާ ހަވާލުކޮށްފައިވާ ލަންދޫ މާބަދިގެ ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ނުހިނގާ އޮތް މައްސަލައިގައި މަސައްކަތާ ހަވާލުވި ކުންފުންޏަށް ދައުވާ ކޮށްދިނުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހެރިޓޭޖް މިނިސްޓަރު، އާދަމް ނަސީރު ވިދާޅުވީ ލަންދޫ މާބަދިގެ ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފައި އޮތީ 2022 ވަނަ އަހަރު ކަމަށެވެ.
"ލަންދޫ މާބަދިގެ ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފައި ވަނީ، އެކަމަކު އެކަން ފެށިފައި ވަނީ 2022 ވަނަ އަހަރު، 2022 ވަނަ އަހަރުގެ ނޮވެމްބަރު 22، އިން 2024 އަށް ނިންމަން މަސައްކަތް ހަވާލު ކުރެވިފައި ވަނީ،" އާދަމް ނަސީރު ވިދާޅުވި އެވެ.
މިދިޔަ އަހަރަށް އެތަން ތަރައްގީކޮށް ނިންމަންޖެހޭ ގޮތަށް މަސައްކަތް ހަވާލު ކޮށްފައި އޮތް ނަމަވެސް އެތަނުގައި އެއްވެސް މަސައްކަތެއް ހިނގާފައި ނުވާ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
"އެ މަސައްކަތް ހިނގާފައި ވަނީ، މި މަސައްކަތަށް 785،000 އަށްވުރެ ގިނަ ރުފިޔާ ކަމާބެހޭ ފަރާތްތައް ދޫކުރެވިފައިވޭ، މަސައްކަތް ހިނގާފައެއް ނުވޭ، މިހާރު ވާނީ މި މައްސަލަ އޭޖީއަށް ފޮނުވާފައި،" އާދަމް ނަސީރު ވިދާޅުވި އެވެ.
ލަންދޫ މާބަދިގެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލު ކުރީ ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންއާ އެވެ. އެ ތަން ތަރައްގީ ކުރަނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ގްރާންޓްގެ ދަށުން ކަނޑައަޅާފައިވާ ފަސް މިލިއަން ރުފިޔާއިން ހަރަދުކޮށްގެންނެވެ.
ލަންދޫގައި ހުންނަ މާބަދިގެ އަކީ އެ ރަށުގައި އުޅުނު ކަމަށް ބުނާ ރެދިންނަށް ކާބޯތަކެތި ތައްޔާރު ކުރުމަށް ހާއްސަ ކޮށްފައި ހުރި ތަނެއް ކަމަށް ފޯކްލޯރެއްގައި ކިޔަ އެވެ. ފޯކްލޯރުގައި ކިޔާގޮތުން އެ ތަނަކީ ކެއްކުމާއި ނަށާ މަޖާ ކުރުމުގެ ކުޅިވަރުތައް ވެސް ކޮންމެ ރެއަކު އޮންނަ ތަނެކެވެ. އެ ކުޅިވަރުތައް ކުޅުމަށްފަހު ކޮންމެ ރެއެއް ވެސް ފަޖުރުލުމުގެ ކުރިން އެ ބަޔަކު އެ ބައެއްގެ ގެއަށް ދާ ކަމަށްވެ އެވެ.
ނަމަވެސް އެއް ރެއަކު ކުޅިވަރުގައި ރެދިން ތިއްބައި ފަޖުރުލުމާއެކު އެ ހުރިހާ އެންމެން ގާވީ ކަމަށް ފޯކްލޯރުގައި ކިޔަ އެވެ. އެ ފޯކްލޯރު ކިޔާ މީހުން ބުނާގޮތުން މާބަދިގޭގައި ރެދިންގެ ބުދުތައް މީގެ ކުރިން ހުރި ކަމަށްވެ އެވެ.
ލަންދޫ މާބަދިގެ ތަރައްގީ ކުރަން ފައިސާ ނެގުމަށްފަހު މަސައްކަތެއް ނުކުރާ މައްސަލަ އޭޖީއަށް ލަންދޫ މާބަދިގެ ތަރައްގީ ކުރަން ފައިސާ ނެގުމަށްފަހު މަސައްކަތެއް ނުކުރާ މައްސަލަ އޭޖީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ