ކ. ތުލުސްދޫގައި ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯރޓް އެންސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން މި ހޮސްޕިޓަލުގައި 30 އެނދު ޤާއިމްކުރާއި، 1،729 އަކަފޫޓުގެ ހެލްތް ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކްއެއްގެ އިތުރުން 167.64 އަކަފޫޓުގެ އެކަމަޑޭޝަން ބްލޮކް އެއް އިމާރާތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.
އެމްޓީސީސީން ބުނިގޮތުގައި މީގެ އިތުރުން މި ހޮސްޕިޓަލުގައި ހެލްތް ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި، ލެބޯޓްރީއަކާއި، އޮޕަރޭޝަން ތިއޭޓަރާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ އަދި އަލްޓްރާ ސައުންޑް ކޮޓަރިއެއްގެ އިތުރުން އިމަޖެންސީ ޚިދުމަތްދޭ ކޮޓަރިއަކާއި ހެލްތް ޔުނިޓެއް ތަރައްގީކުރާނެއެވެ.
މިނިސްޓްރީ އޮފް ހެލްތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 101.71 މިލިއަން ރުފިޔާއެވެ.
ތުލުސްދޫގައި ނިސްބަތުން ބަލާއިރު 1680 މީހުން ދިރިއުޅޭއިރު، އެ ރަށުގެ ރައްޔިތުންނަށް މި މަޝްރޫޢުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު ރަށުގައި ތިބެގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ލިބުމަށް މަގުފަހިވެގެން ދާނެކަމަށް އެމްޓީސީސީން ދެކެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އެމްޓީސީސީން ތުލުސްދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ