މިއަދު ހިނގި އަލިފާނުގެ ހާދިސާގައި މީދޫ މަތިކިޅި އިކޯގާޑަންގެ ގްރާސް ފީލްޑްގެ ގާތްގަނޑަކަށް 60 އިންސައްތަ އަނދައި އަޅިއަށް ވެއްޖެކަމަށް މަތިކިޅި އިކޯގާޑަން ބަލަހައްޓަމުން އަންނަ މަތިކިޅި ސޮސައިޓީން ބުނެފިއެވެ.
މިއަދު މެންދުރު ރޯވި އަލިފާންގަނޑު ނުނިވި ގިނަ އިރުތަކެއް ވީފަހުން ނިއްވާލެވުނު އިރު ލިބުނު ގެއްލުމާއި ބެހޭގޮތުން މަތިކިޅި ސޮސައިޓީން ބުނެފައިވަނީ މިއީ ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި މަތިކިޅީގެ ގުދުރަތީ މާހައުލަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށެވެ.
“ގާތްގަނޑަކަށް 6 މަސް ތެރޭގައި ގްރާސްފީލްޑް ރިކަވަރ ކުރެވިދާނެ. އެކަމަކު ކަނޑޮފިށި ހައި ވެޖްޓޭޝަން ލައިން ރިކަވަރ ކުރުމަށް އަހަރުތަކެއް ނަގާނެ. އެތަނުގައި ބޯކޮށް ހެދިފައިވާ މާކަށިކެޔޮ ގަހާއި ދިއްގާ ގަހަކީ އެތައް އަހަރެއް ވެފައިވާ ގަސްގަސް. “މަތިކިޅި ސޮސައިޓީން ބުންޏެވެ.
މީގެ އިތުރުން އެ ސޮސައިޓީން ބުނީ ކަނޑޮފީށަކީ ތަފާތު އެކިކަކަލަ ދޫނިތަކުގެ ހާއްޔަށް ވެފައި މޫސުމީ ގޮތުން ހިޖުރަކުރާ ބައެއް ދޫނިތަކުގެ ވެސް ވަގުތީ މަރުކަޒަށް ވެފައިވާ ތަނެއް ކަމަށެވެ. އެހެންނަމަވެސް މިއަދުގެ އަލިފާނުގެ ހާދިސާއާއި އެކު އެ ދޫނިތަކުގެ މާހައުލު ވެސް އަހަރުތަކަކަށް ގެއްލިގެން ދާނެ ކަމަށެވެ.
ތަފާތު ގިނަ ފަހަރެއްގެ މަތިން އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާ ހިނގައި މަތިކިޅި އިކޯގާޑަން ހިމެނޭ ޗަސްބިން ސަރަހައްދު އަނދައި ބޮޑު ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މިއަދު އެ ސަރަހައްދުގައި ރޯވި ހާދިސާ އާއި ގުޅިގެން މަތިކިޅި ސޮސައިޓީން ބުނީ މިއަދު އެންމެ ފުރަތަމަ ރޯވީ ހުރަސްމަގާއި ވީފަރާތުން މަތިކިޅީގެ ހޭޅިފަށުގައި މީހަކު ދަނޑެއް ހަދަން ބިން ސާފުކުރުވައި އެއްކޮށްފައި ހުރި ބޮޑު ކުނިފުންޏެއްގައި ކަމަށެވެ.
“އެކްސްކެވޭޓަރ ކުއްޔަށް ހިފައިގެން ގޮސް ކަށިކެޔޮ ގަހާއި ދިއްގާގަސް ފަދަ ބޮޑެތި ގަސްތައް ނޮޅައި އެތަކެތި ޖަމާކޮށްފައި ހުރީ މަތިކިޅީގެ އެތެރެއަށް ވާ ގޮތަށްކަމަށް މައުލޫމާތު ލިބޭ. ގިނައިން ދަރު ހުރި މި ކުނިފުނީގައި ހިފާފައި ހުރި އަލިފާންގަނޑުގެ ބާރު ގަދަކަމުން އަލިފާން ކޮންޓްރޯލް ކުރަން އުނދަގޫވީ” މަތިކިޅި ސޮސައިޓީން ބުނެފައިވެއެވެ.
ހިމާޔަތް ކޮށްފައިވާ މިފަދަ ސަރަހައްދެއްގެ ހޭޅިފަށުން އެގޮތަށް ނޮޅައިގެން ދަނޑު ހެދެނީ ކީއްވެތޯއާއި އަދި އެފަދަ މަސައްކަތް ކުރާތަން ކަމާއި ބެހޭ ފަރާތްތަކަށް ނުފެންނަނީ ކީއްވެތޯވެސް އެ ސޮސައިޓީން ވަނީ ބުނެފައެވެ.
މަތިކިޅި އިކޯގާޑަނަކީ މީދޫގެ ފަޚުރަކަށް ވެފައިވާ ޚާއްޞަ ތަނެކެވެ.
އިކޯގާޑަން ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލައިފި އިކޯ ގާރޑަން ސަރަޙައްދު ވަށައިގެން އޮތް ފެހިކަން އަލުން އަންނަން 6 މަސް ދުވަސް ވާނެ މަތިކިޅި އީކޯގާޑަނުގެ ވޯލްކުވޭ ހެދުމަށްފަހު ގާޑަން އަލުން ހުޅުވައިފި މަތިކިޅި އީކޯ ގާޑަން – ހުޅުދޫ-މީދޫގެ ފަޚުރުވެރި ރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ