ކޮންމެ މީހަކު ކޮންމެ ދުވަހަކު ގިނަގިނައިން ކުރަންޖެހޭ ދުޢާތަކެއް!

ދުޢާކުރަންވީ ކަމަކަށް ދަތިވުމުން އެކަން ފުއްދަވައިދެއްވެވުން އެދިގެން އެކަންޏެއް ނޫނެވެ. އަބަދުވެސް ގިނަގިނައިން ދުޢާކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. އަބަދުވެސް ތިބެންވީ އެކަންކަމަށް އެދިގެން ދުޢާކުރުންމަތީގައެވެ. ބޭނުމެއް ޖެހުމުން އެކަމެއްވެސް އިތުރުކޮށްލާނީއެވެ.  
عن شقيق قال: ((كان عَبْدُ اللَّهِ بْنُ مَسْعُوْدٍ رَضِيَ اللَّهُ عَنْهُ يُكْثِرُ أَنْ يَدْعُوَ بِهَؤُلَاءِ الدَّعَوَاتِ. رَبَّنَا أَصْلِحْ بَيْنَنَا، وَاهْدِنَا سَبِيْلَ الْإِسْلامِ، وَنَجِّنَا مِنَ الظُّلُمَاتِ إِلىَ النُّورِ، وَاصْرِفْ عَنَّا الْفَوَاحِشَ مَا ظَهرَ مِنْهَا وَمَا بَطَنَ، وَبَارِكْ لَنَا فِيْ أَسْمَاعِنَا وَأَبْصَارِنَا وَقُلُوْبِنا وِأَزْوَاجِنَا وَذُرِّيَّاتِنَا، وِتُبْ عَلَيْنَا، إِنَّكَ أَنْتَ التَّوَّابُ الرَّحِيْمُ، وَاجْعَلْنَا شَاكِرِيْنَ لِنِعْمِتِكَ، مُثْنِيْنَ بِهَا، قَائِلِيْنَ بِهَا، وَأَتْمِمْهَا عَلَيْنَا.)) 
عَبْدُ اللَّهِ بْنُ مَسْعُوْدٍ رَضِيَ اللَّهُ عَنْهُ އަންނަނިވި ދުޢާތައް ގިނަގިނައިން ކުރައްވާކަމުގައި شَقِيقُ بْنُ سَلمَة ގެ އަރިހުން ރިވާވެގެންވެއެވެ. 
"رَبَّنَا أَصْلِحْ بَيْنَنَا، وَاهْدِنَا سَبِيْلَ الْإِسْلامِ، وَنَجِّنَا مِنَ الظُّلُمَاتِ إِلىَ النُّورِ، وَاصْرِفْ عَنَّا الْفَوَاحِشَ مَا ظَهرَ مِنْهَا وَمَا بَطَنَ، وَبَارِكْ لَنَا فِيْ أَسْمَاعِنَا وَأَبْصَارِنَا وَقُلُوْبِنا وَأَزْوَاجِنَا وَذُرِّيَّاتِنَا، وَتُبْ عَلَيْنَا، إِنَّكَ أَنْتَ التَّوَّابُ الرَّحِيْمُ، وَاجْعَلْنَا شَاكِرِيْنَ لِنِعْمِتِكَ، مُثْنِيْنَ بِهَا، قَائِلِيْنَ بِهَا، وَأَتْمِمْهَا عَلَيْنَا." 
މާނައީ: "އޭ އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ މެދުގައި ޞުލްޙަވެރިކުރައްވާނދޭވެ! އަދި، އިސްލާމް ދީނުގެ މަގަށް އަޅަމެންނަށް ހިދާޔަތު ދެއްވާނދޭވެ! އަދި، ކުފުރާއި، ޝިރުކުފަދަ އަނދިތަކުން އަޅަމެންނެރުއްވައި، އީމާންކަމުގެ ނޫރަށް އަޅަމެން ވައްދަވާނދޭވެ! އަދި، ފާޅުވެގެންނާއި، ވަންހަނާވެގެންވާ އެންމެހައި ފާޙިޝް ކަންތައްތަކުން، އަޅަމެން ދުރުކުރައްވާނދޭވެ! އަދި، އަޅަމެންގެ އަޑުއެހުންތަކާއި، ބެލުންތަކާއި، ހިތްތަކާއި، އަނބިންނާއި، ދަރިންނަށް ބަރަކާތް ލައްވާނދޭވެ! އަދި، އަޅަމެންނަށް ތައުބާލައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ رَحِيْمُ ވަންތަ ރަސްކަލާނގެއެވެ. އަދި، އަޅަމެންނީ އިބަރަސްކަލާނގެ ނިޢުމަތްތަކަށް ސަނާކިޔާ، އެނިޢުމަތްތައް ދެއްވިކަމުގެ މައްޗަށް ވާހަކަދައްކައި ޝުކުރުވެރިވާ ބަޔަކުކަމުގައި ލައްވާނދޭވެ! އަދި، އެނިޢުމަތްތައް އަޅަމެންގެ މައްޗަށް ފުރިހަމަކުރައްވާނދޭވެ!"
 
- ޝައިޚް މުޙައްމަދު ލަޠީފް
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ