ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭ ގޮތުގެ ތަފްސީލު އާންމުކޮށްފި

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ދެވޭ މުސާރައިގެ ކުރިއެރުން، (ސްޓެޕް އެލަވަންސް) ދޭ ގޮތުގެ ތަފްސީލުކޮށް އާންމުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި މުވައްޒަފުންނަށް މި އެލަވަންސް ދިނުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ކޯޓުތަކަށް މައުލޫމާތު ހިއްސާކޮށްފައި ވާކަމަށެވެ.
އެގޮތުން ޕަރފޯމަންސް އެޕްރެއިޒަލް ފޯމު ފުރިހަމަކުރުމަށްފަހު 05 އޮކްޓޫބަރު 2023ގެ ނިޔަލަށް ފޮނުވޭ ފޯމުތަކަށް އެލަވަންސް ދެވިގެންދާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ. ޑީޖޭއޭއިން ބުނީ މިހާތަނަށް ނުދެވި ހުރި، މަސައްކަތުގެ ފެންވަރު ބެލުމުގެ މުއްދަތު ކަމުގައިވާ 2019، 2020، 2021، އަދި 2022ގެ އެލަވަންސް މިއާއެކު ދެވިގެންދާނެ ކަމަށެވެ.
އަދި މިހިނގާ 2023 ވަނަ އަހަރު ވާނީ 2017، 2018ގެ ސްޓެޕް އެލަވަންސް ފައިސާ މުވައްޒަފުންނަށް ދީފައިކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ.
ޑީޖޭއޭއިން ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ކުރިއެރުން، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދިނުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސުން ދީފައިވާތީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެވިފައި ވާކަމަށެވެ. އެކަމަށްޓަކައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 41 ވަނަ މާއްދާއަށް ވަނީ އިޞްލާޙް ގެނެސްފައެވެ.
އެގޮތުން ބަލާއިރު، މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން މުސާރައިގެ ކުރިއެރުން ދެވެނީ ކޮންމެ ދެ އަހަރަކުން އެއް ފަހަރުއެވެ. އެގޮތަށް ކުރިއެރުން ދެވެނީ ޖެހި ޖެހިގެން ދެ އަހަރުގެ އެވްރެޖު މާކްސް 70 އިންސައްތައަށްވުރެ މަތިން ލިބުމުންނެވެ.
މި ޤަވާއިދުގެ ދަށުން މުސާރައިގެ ކުރިއެރުމުގެ ކޮންމެ ސްޓެޕަކަށް މުސާރައަށް އިތުރު ކުރެވޭނީ 200 ރުފިޔާއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ