އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ މުސްލިމުން މަރާ ޓެރަރިސްޓެއް ކަމަށް ބުނެ ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު އޭނާ ޑިލީޓުކޮށްފި އެވެ.
ރޭ 8:24 ގައި އެކްސްގައި އަބްދުﷲ ޕޯސްޓެއް ކުރީ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރަން ބާއްދާ ހަފުލާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ މާލެ ވަޑައިގަންނަވާތީ އެކަމާ ނުރުހުންވެ އެވެ.
"މޯދީއަކީ އިސްލާމުންގެ ބޮޑު އަދާވާތްތެރިއެއް، ބާބަރީ މިސްކިތް ތަޅާ، އެތާ ފައްޅި އަޅައި، މުސްލިމުންގެ ދުވަސްވީ ބިންތައް ފޭރެމުންގެންދާ، އެތައް މުސްލިމުންނެއް އަންދާލައި، އަހުމަދު އާބާދު ގަބުރުސްތާނަށް ހެދި ޓެރަރިސްޓެއް. މި ރާއްޖޭގެ ކަންކަމުގެ ޝަރަފު އޭނާއަށް ދިނުމަކީ ބޮޑު މުސީބާތެއް،" އަބްދުﷲ ބުނެފައިވެ އެވެ.
ނަމަވެސް އަބްދުﷲ ގެ ޕޯސްޓު އޭނާ ވަނީ މިހާރު ޑިލީޓުކޮށްލައިފަ އެވެ. ޕޯސްޓު ޑިލީޓު ކުރި ސަބަބެއް އަދި ނޭނގެ އެވެ. އަބްދުﷲ އަކީ ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އެއްބަފާ ބޭބެއެކެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ވަޑައިގަންނަވާނީ ޖުލައި 25، ގަ އެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ޖުލައި 26، ގައި މޯދީ ރާއްޖެއިން ފުރާވަޑައިގަންނަވާނެ އެވެ.
މޯދީއަކީ މި ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ އެންމެ ފުރަތަމަ ހެޑް އޮފް ސްޓޭޓް އެވެ. އަދި މިއީ ދިވެހިރާއްޖެއަށް މޯދީ ކުރައްވާ ތިން ވަނަ ޒިޔާރަތެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ބާއްވާ މަޝްވަރާތަކުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އޭގެ އިތުރުން، މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވިފާ މިންވަރާ ގުޅޭ ގޮތުން މޯދީ އާއި ރައީސް މުހައްމަދު މުއިއްޒުއާ ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެ އެވެ.
މޯދީއަކީ ޓެރަރިސްޓެއް ކަމަށް ބުނެ ސަލަފުގެ ރައީސް އަބްދުﷲ ކުރި ޕޯސްޓު ޑިލީޓުކޮށްލައިފި މޯދީއަކީ ޓެރަރިސްޓެއް ކަމަށް ބުނެ ސަލަފުގެ ރައީސް އަބްދުﷲ ކުރި ޕޯސްޓު ޑިލީޓުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ