ޢަރަބިއްޔާ ސްކޫލް އެޅުމުގެ ނަމުގަ ސަރުކާރުން ހަދާ ބޮޑެތި ދޮގުތަކާ ކުޅޭ ފޭކް ޑްރާމާތަކުގެ ހަޤީޤަތް-

ބާޖަމާލުއްދީން ސްކޫލް ހުރިތަނުގައި ޢަރަބިއްޔާ ސްކޫލް އެޅުމުގެ ނަމުގައި ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހަދަމުން ގެންދާ ބޮޑެތި ދޮގުތަކާއި ރައްޔިތުންގެ ލޯތަކުގައި އަނދުން އަޅުވަން ކުޅެމުން އަންނަ ﷲޭކް ޑްރާމާތަކުގެ ޙަޤީޤަތް މިލިޔުމުގެ ތިރީގައިވާ އަޑުން އަޑުއައްސަވައިލައްވާށެވެ! 
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 18 މަސް ދުވަހުން ނިންމަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި ޢިމާރާތް މިދިއަ އޮގަސްޓް މަހުގެ ނިޔަލަށް ހުންނަން ޖެހޭނީ އަޅައި އަޅައި ނިމިފައެވެ. އެޢިމާރާތް ލޮލަށް ނުފެންނާތީ ޢަރަބިއްޔާގެ ބެލެނިވެރިން ހީކޮށްގެން ތިބީ ޖިންނިތަކެއް ޢިމާރާތް ފޮރުވައި ނުދައްކާތީ ކަމަށް ބައެއް ބެލެނިވެރިން ބުނެފައިވެއެވެ. 
ދެން އަޑުއިވިގެން މިދިއައީ މިދިއަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ސިޓީ ކައުންސިލަށް ހުށަހެޅި ކުރެހުންތަކެއް ފާސްނުވެގެން ޢިމާރާތް ނުއެޅިގެން އުޅޭ ވާހަކައެވެ. ފާސްނުވެ ލަސްވެގެން އުޅޭއިރު އެއާއިއެކު ހުށަހަޅަން ޖެހޭ ސަޕޯޓިންގ ޑޮކިޔުމަންޓްތައް އަދިވެސް ހުށަހަޅާފައި ނުވާތީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު އެކަންވަނީ މިސަރުކާރުގަ ޢަރަބިއްޔާ މައްސަލައިގައި އެންމެ ގިނައިން ދޮގުހަދާ ވުޒާރާ، އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގައިފައެވެ. 
މިހުރިހާ ދޮގުތަކާއި ޑްރާމާތައް ފޮރުވާފައި ބައެއް ނޫސްތައް މެދުވެރިކޮށް ކަނޑައެޅިގެން ދޮގުމައުލޫމާތު ތައުލިމީ ވަޒީރު މެދުވެރިކޮށް ސަރުކާރުގެ އެންމެ މަތިން ނެރުވަމުން ގެންދާކަން އެއީ ޢަރަބިއްޔާ ޢިމާރާތްކުރަން އެޅެން އޮތް ހުރިހާ ހުރަސްތަކެއް މިސަރުކާރުން އަޅާނެކަން އަންގައިދޭކަމަކަށް ނުވާނީ ކިހިނަކުންތޯ؟ 
ޢަރަބިއްޔާ ޢިމާރާތް ކުރުމުގެ ވިސްނުންފުޅެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކިބައިގައި ހުރިނަމަ އެޢިމަރާތުގެ ކުރެހުންތައް ސިޓީ ކައުްނސިލަސް ފޮނުވާނީ ވޯޓުލާން 10 ދުވަހަށް ވީމައިތޯއެވެ؟ އަދި އެވަރުންވެސް ފޮނުވީ ޑޮކިޔުމަންޓްތައް ހަމަނުކޮށެވެ. ފާއިތުވެގެން މިދިއަ 2،3 އަހަރު ރައީސުލްޖުމްހޫރިއްޔާ އާއި ތައުލީމީ ވަޒީރު ތިއްބެވީ ޢަރަބިއްޔާ ޢިމާރާތްކުރުމުގެ މައްސލައަިގައި އަވަހާރަފުލެއްގައި ތޯވެސް ޢަރަބިއްޔާގެ ބައެއް ބެލެނިވެރިން ސުވާލުކުރެއެވެ. 
މާލެ ސިޓީ ކައުންސިލުގެ ފަރާތުން ރަމީޒް މިއަދުނޫހަސް ދެއްވާފައިވާ މަޢުލޫމާތު އަޑުއައްސަވައިލައްވާ! ގުޅުންހުރި އޯޑިއޯ:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ