އަތޮޅުތެރޭގެ އިތުރު ހަތަރު ސްކޫލެއް ސެޓަލައިޓްކޮށް ކިޔަވައިދޭން ފަށައިފި އެވެ.
މިދިޔަ އަހަރު ބ. ފެހެންދު އާއި ވ. ތިނަދޫގައި ވަނީ ސެޓަލައިޓް ސްކޫލު އަޅައި ކިޔަވައިދޭން ފަށާފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސެޓަލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި މިހާރު ކިޔަވައިދެމުންދާ ކަމަށެވެ.
މިއަދު ފެށުނު ދިރާސީ އާ އަހަރާއެކު ވ. ރަކީދޫ ސްކޫލާއި ބ. ފުޅަދޫ ސްކޫލާއި ގއ. ކޮނޑޭ ސްކޫލު އަދި އދ. ދިއްދޫ ސްކޫލުގައި ކިޔަވައިދޭން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސެޓަލައިޓް ސްކޫލުތަކުގައި ކިޔަވައިދެނީ އޮންލައިންކޮށެވެ.
ބ. ފުޅަދޫ ސްކޫލުގެ މިއަދު އެސެމްބަލީ.-- ފޮޓޯ: ފުޅަދޫ ސްކޫލު
އެކަމަކު ސެޓަލައިޓް ސްކޫލުތައް އޮންލައިން ކްލާސްތަކާ ތަފާތުވަނީ ވީޑިއޯ އާއި ވެބިނާތަކާއި ލައިވްސްޓްރީމް ތަކާއި އެންމެ ފަހުގެ ތައުލީމީ ކަންކަން ވެސް ހިމެނޭތީ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ސެންޓްރަލް ސްކޫލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހުޅުމާލެ ހުރަވީ ސްކޫލެވެ. އެ ސްކޫލުގައި ސެޓަލައިޓް ސްކޫލުތަކަށް ހާއްސަ ޓީޗަރުން ތިބޭނެ އެވެ.
ސެންޓްރަލް ސްކޫލުގައި ތިބޭ ޓީޗަރުން ކިޔަވައިދޭއިރު ސެޓަލައިޓް ސްކޫލުގެ ކްލާސްރޫމް ތެރެއިން ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީޗަރެއް ހަމަޖައްސާފައި ހުންނާނެ އެވެ.
އިތުރު ހަތަރު ރަށެއްގައި ސެޓަލައިޓް ސްކޫލް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ