އަޕްޝިފްޓް ޕްރޮގްރާމް: ގްރޭޑް 7 އަދި 8 ގެ އެންމެ މޮޅު ޕްރޮޖެކްޓްތައް ހޮވައިފި

އަޕްޝިފްޓް ޕްރޮގްރާމް (ޑިޒައިން ތިންކިންގ ފޯ ސޯޝަލް އިނޮވޭޝަން) ގެ ގްރޭޑް 7 އަދި 8 ގެ އެންމެ މޮޅު ޕްރޮޖެކްޓްތައް އިޢުލާންކޮށްފިއެވެ. އެ ޕްރޮޖެކްޓުތައް އިޢުލާންކުރީ ޕީއެސްއެމްގެ ޔެސްޓީވީން ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން ލައިވް އިވެންޓެއްގައެވެ.
އަޕްޝިޓަކީ 21 ވަނަ ޤަރުނުގެ ހުނަރުތަކާއި ޤާބިލިއްޔަތުކަން އުފައްދައިދިނުމަށް ފުރާވަރުގެ ކުދިންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ޔުނިސެފުން 2014 ވަނަ އަހަރު ތައްޔާރު ކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް 50 ޤައުމުގައި ކުރިއަށް ގެންދެއެވެ. އަޖުމަ ބެލުމުގެ ގޮތުން މި ޕްރޮގްރާމް ރާއްޖޭގައި ތަންފީޒު ކުރަން ފެށީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި މިދިޔަ އަހަރު ގްރޭޑް 7 އަދި 8 ގައި ތައުލީމް ހާސިލްކުރަން ފެށި ދަރިވަރުންނަށް އަޕްޝިފްޓް ޕްރޮގްރާމުގެ ހުނަރުތަކާއި އުނގަންނައިދޭން ފެށިއެވެ. ޕްރޮގްރާމް ފެށީ އެ ދެ ގްރޭޑްގެ ހުރިހާ ކުދިން ޝާމިލްކޮށްގެން ޔުނިސޯލް މަންސަ މެދުވެރިކޮށެވެ.
ޕްރޮގްރާމްގެ ތެރެއިން އެ ދެ ގްރޭޑްގެ ކުދިން ތައްޔާރު ކުރި މޮޑެލްތައް ސްކޫލްތަކުން ފާހަގަކުރިއެވެ. އަދި އޭގެ ތެރެއިން 28 ޕްރޮޖެކްޓެއް ބަލާ ވަޒަންކުރިއެވެ. އެއަށްފަހު 14 ސްކޫލަކުން މި ޕްރޮގްރާމްގެ ގްރޭންޑް ފިނާލޭއާ ހަމައަށް ދަތުރުކުރިއެވެ. ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ތެރޭގައި އުފެއްދުންތެރި ތަކެތި ތައްޔާރު ކުރާނެ ގޮތާއި ބޭނުން ކުރާނެ ގޮތް ވަނީ ދައްކާލާފައެވެ.
އަޕްޝިފްޓް ޕްރޮގްރާމްގެ ގްރޭޑް 7 ގެ އެންމެ މޮޅު 3 ޕްރޮޖެކްޓަށް ހޮވިފައިވަނީ ވ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ތައްޔާރުކުރި ހުވަނި ސްޕްރޭއާއި، ހިދާޔާ ސްކޫލުގެ ދަރިވަރުން ތައްޔާރުކުރި އިނޮވޭޓިވް ޑަސްޓަރއެވެ. އަދި ގއ. ތައުލީމީ މަރުކަޒުގެ ދަރިވަރުން ތައްޔާރު ކުރި މޮބައިލް ލަބްރަރީއެވެ.
އަޕްޝިފްޓް ޕްރޮގްރާމްގެ ގްރޭޑް 8 ގެ އެންމެ މޮޅު 3 ޕްރޮޖެކްޓަށް ހޮވުނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ތައްޔާރުކުރި ސަސްޓެއިނަބަލް ބްރިކް ޕްރޮޑަކްޝަން މެޝިނާއި، ގެމަނަފުށީ ސްކޫލްގެ ދަރިވަރުން ތައްޔާރުކުރި އެފިޝަންޓް ކަރީ ރޯސްޓަރގެ އިތުރުން ހިރިޔާ ސްކޫލްގެ ދަރިވަރުން ތައްޔާރުކުރި އިކޯ ސޯޓް ސްޓްރީމްލައިން ވޭސްޓް ސޮލިއުޝަންއެވެ.
އަޕްޝިފްޓް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ މަސައްކަތުގެ މާހައުލުގައި ކުދިންނަށް ބޭނުންކުރެވޭނެ ހުނަރުތަކާއި ޤާބިލިއްޔަތުކަން ޤާއިމުކުރެވޭނެ ގޮތަށެވެ. އަދި ޤައުމީ މަންހަޖުގައި ހިމެނޭ މައިގަނޑު ކަންތައްތައް ކުދިންނަށް ދަސްކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ