ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި ފުވައްމުލަކުގެ ކަރަންޓު މައްސަލައަށް 12 ދުވަސް: ފެނަކައިން ދެއްކީ ކުރީ ސަރުކާރުގެ ދޯހަޅިކަން މާލޭގައި ދުއްވޭނެ އުޅަނދުގެ އަދަދު ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކަނޑައަޅާނަން ފުވައްމުލައް ސިޓީގައި

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ އިސްރާއީލަށް ހުރި ބޮޑު ބިރެއްކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯއަވް ގަލަންޓް ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ނަތަންޔާހޫ އާއި ދެމެދު އުފެދިފައިވާ ޚިޔާލުތަފާތު ވުންތަކުގެ ސަބަބުން ގަލަންޓް ގެ ފާޑުކިޔުން ނަތަންޔާހޫއަށް ވަރަށް ބޮޑަށް އަމާޒުވަމުން އަންނަ މި ދަނޑިވަޅުގައި، ގަލަންޓް ވިދާޅުވީ ނަތަންޔާހޫ އަކީ އިސްރާއީލަށް ހުރި ބޮޑު ބިރެއް ކަމަށާއި ނަތަންޔާހޫގެ ސަބަބުން ގައުމުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.
ގަލަންޓް ވިދާޅުވީ ނަތަބްޔާހޫގެ ސަބަބުން ގައުމުގެ އަމަންއަމާންކަން ގެއްލި ގައުމުގައި ބިރުވެރިކަން އުފެދެމުން އަންނަކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އިސްރާއީލު ސަރުކާރުގެ ނުވަތަ ސަލާމަތީ މަޖިލީހުގެ ކޮންމެ ބައްދަލުވުމެއް ނިމިގެން ދަނީ ވަޒީރުންގެ މެދުގައި ހަމަނުޖެހުންތަކާއި ޒުވާބުތަކުރުންތަކުން ކަމަށާއި މިއީ ސަރުކާރެއް ނުވަތަ އަސްކަރިއްޔާއެއް ހިންގޭނެ ގޮތެއް ނޫންކަމަށެވެ.
އަދި މި ހުރިހާ ކަމެއްވެސް ހިނގަމުން ދަނީ ނަތަންޔާހޫގެ ގޮތްދޫނުކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވެސް ގަލަންޓް ވިދާޅުވިއެވެ.
” ނަތަންޔާހޫ އަކީ އިސްރާއީލަށް ހުރި ބޮޑު ބަދުނާމެއް، ބިރެއް. އޭނަގެ ސަބަބުން ގައުމު ދަނީ ބިރުވެރި ހާލަތަކަށް ވެއްޓެމުން. ކޮންމެ ބައްދަލުވުނެއްގައި ހިނގަނީ ހަނަނުޖެހުނާއި އަރާރުން.” ގަލަންޓް ވިދާޅުވެފައިވެއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯއަވް ގަލަންޓް އަދި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯޅުން ގަދަވެފައިވާއިރު، މި ދެ ފަރާތުގެ މެދުގައި މައްސަލަ ޖެހި ގުޅުން ގޯސްވެފައިވަނީ ހަމާސް އާއި ދެކޮޅަށް އިސްރާއިލުން މިހާރު ކުރަމުން ގެންދާ ހަނގުރާމައިގެ ކަންކަން ނިންމުމުގައި ނަތަންޔާހޫ ގެންގުޅޭ އިދިކޮޅު ސިޔާސަތުތަކުގެ ސަބަބުންކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ