30 ޕަސެންޓްގެ ފީއެއް ނަގާ ކަމަށް ބުނާ ވާހަކަތައް ބީއެމްއެލްއިން ދޮގުކޮށްފި ބީއެމްއެލްގެ ލޯނު ލިބޭ މީހުންގެ އުމުރު 75 އަހަރަށް މަތިކޮށްފި ބީއެމްއެލްގެ ޑޮލަރު ހުސްވި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، މާލީ ހިސާބުތައް އާންމުކޮށްފި ކުންފުނިތަކުގެ މެދުގައި ބާއްވ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ޓޫރިޒަމް ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 500 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ބޭންކުން މި ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު ވަނީ 594 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ބޭންކުން ދެމުންދާ ހާއްސަ އިސްކަން ހާމަވާ ކަމެކެވެ.
ބޭންކުން ބުނިގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް 35 މިލިއަން ޑޮލަރު ވަނީ ޓޫރިޒަމް ދާއިރާގެ އެކި މަޝްރޫއުތަކަށް ދޫކޮށްފައެވެ. ބީއެމްއެލް އިން އަމާޒު ހިފާފައިވަނީ ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުން އިތުރު ފަންޑު ހޯދައި، މި ދާއިރާއަށް ދޭ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް އިތުރުކުރުމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކާއި ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމަކީ ބޭންކަށް ބޭނުންވާ ފަންޑު ހޯދައި، ޓޫރިޒަމް ފަދަ މުހިންމު ދާއިރާތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. ބޭންކުން ދަނީ އެ ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް ދަމަހައްޓަމުން ކަމަށާއި، ބޭރުގެ އެއްވެސް ދަރަންޏެއް ނެތި އިންޓަނޭޝަނަލް މާކެޓަށް ވަނުމުގެ ފުރުސަތު ބޭންކަށް ބޮޑުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ