ތެލެސީމިއާ ހުރި ހަތަރު ކުއްޖަކު މި އަހަރުގެ މިހާތަނަށް އުފަންވެފައިވާކަމަށް މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ހަލީމު އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ތެލެސީމިއާގެ ހަތަރު ކުދިން އުފަންވުމަކީ ވަރަށް ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.
”ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށްވެސް ހަތަރު ތެލެސީމިއާ ކުދިން އުފަންވެފައިވާކަމީ އަޅުގަނޑުމެން ނުހަނު ފުންކޮށް ވިސްނަންޖެހޭ ކަމެއް. މިކަމާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމާއި، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމުގެ ގޮތުން، ކައުންސެލިން ހިދުމަތް އިތުރަށް ހަރުދަނާކުރުމަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މައިގަނޑު އެއް ލަނޑުދަނޑި“ ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ކައިވެނީގެ ކުރިން ދޭ ކައުންސެލިން ހިމެނޭހެން، ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތާއި، އިރުޝާދު ފޯރުކޮށްދިނުމުގެ ހާއްސަ ނިޒާމެއް މިއަހަރުގެ ތެރޭގައި ގާއިމުކުރާނެ ކަމަށެވެ.
އެއީ މުޅިމުޖުތަމައު ހޭލުންތެރިކުރުމަށް މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ މިހާތަނަށް ތެލެސީމިއާ ހުރި ހަތަރު ކުއްޖަކު އުފަންވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ