ކުރީގެ ޕީޖީ މުހުތާޒް ދަނގެތި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވާފައިވާކަން މުހުތާޒް އިއުލާނުކުރެއްވީ މިއަދު އޭނާގެ އެކްސް އެކައުންޓުންނެވެ. މުހުތާޒް ވިދާޅުވީ ވާދަކުރަން ނިންމީ ގައުމީ ހިދުމަތާއި ގުޅުމުގެ ހެޔޮނިޔަތުގައި ކަމަށެވެ.އޭނާ ވަނީ, ދާއިރާ ރައްޔިތުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ. އެ ދާއިރާގެ މިހާރުގެ މެންބަރަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމެވެ. މުހުތާޒަކީ ޕީޖީގެ މަގާމުގައި ހުންނަވިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށް ވެސް ލި ބޭފުޅެކެވެ. އެއީ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި ޓެރަރިޒަމްގެ ކުށުގަ އެވެ. އެ މައްސަލާގައި އޭނަ އަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވައި 2016 ގައި ޖަލަށްލި އެވެ. މުހުތާޒް މިނިވަންވި މަތީ ކޯޓުން އެ ހުކުމް ބާތިލް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ