މައުމޫން ފެކްޝަނުން ޖަލްސާ ބާއްވަން ދަރުބާރުގެ ދިނުމަށް ފަހު އަތުލައިފި

ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަގެ 31 ވަނަ ދުވަހު ޖަލްސާ ބާއްވަން ދަރުބާރުގެ ދިނުމަށް ފަހު އެނިންމުމަށް ހައުސިންގެ މިނިސްޓްރީއިން ބަދަލު ގެނެސްފި އެވެ. ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އާންމު ޖަލްސާއެއް ބާއްވާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވަނީ އިއުލާނު ކުރައްވާފަ އެވެ. ޖަލްސާ ބޭއްވުމަށް ހުރިހާ ކަމެއް ނިންމައި ތަނަށް ފައިސާވެސް ދައްކާފައި ވަނިކޮށް އެތާރީހަށް ދަރުބާރުގެ ދެވެން ނެތްކަން މިއަދު ހައުސިންގެ މިނިސްޓްރީން އަންގާފައިވާ ކަމަށް ރައީސް މައުމޫނު ފެކްޝަނުގެ އެސްޖީ އަބްދުލް އަލީމް ވިދާޅުވި އެވެ. މިމަހުގެ 13 ވަނަ ދުވަހު ފައިސާ ދައްކާފައިވާނެ ކަމަށް އަލީމް ވަނީ ވިދާޅުވެފަ އެވެ. އަލީމް ވިދާޅުވީ ދަރުބާރުގެ އެތާރީހަށް ދެވެން ނެތް ސަބަބަކަށް ހައުސިންގެ މިނިސްޓްރީން ބުނެފައިވަނީ " ދަރުބާރުގޭގައި އިމްތިހާނުގެ ކަންތައް ކުރިއަށް ދާތީ" ކަމަށެވެ. އެހެންކަމުން ދެން ޖަލްސާ ބާއްވާނެ ތާރީހަކާއި ތަނެއް ފަހުން އަންގާނެ ކަމަށް އަލީމް ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ހައުސިންގެ މިނިސްޓްރީން ފޯނު ނުނަގާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. ހައުސިން މިނިސްޓްރީން ވަނީ ރައީސް އަބްދުﷲ ޔާމީން ފެކްޝަންއަށް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ދަރުބާރުގޭ ދޫކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ