ފީފާ ކުލަބް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ސިޓީން ހޯދައިފި ނަތަންޔާހޫގެ ހީލަތްތެރި ރޭވުން ފަޅާއަރައިފި. ބޭނުންވަނީ ފަލަސްތީނުގެ ވެރިކަމުގެ ބާރު އަތުލަން މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް އެދިއްޖެ މާލޭހިޔާ އާއި ސިނަމާލެ ފްލެޓްތައް އަލުން ބިނާކު

އެއްވެސްކަމެއް އެއްވެސް މިންވަރަކަށް ސިއްރުނުކުރާނޭ ކަމަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ގަދަޔަށް ވިދާޅުވިކަމަށާއި ނަމަވެސް ދަނީ ކަނޑައެޅިގެން ކަންކަން އޮޅުވާލަމުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
“ރަސްމާލެ” ގެ ނަމުގައި ހިންގާ މަޝްރޫއަށް ފުށިދިއްގަރު ފަޅު މި ސަރުކާރުން ހިއްކައި ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އެ މަޝްރޫ އާއި ކުރީގެ މިފަދަ މަޝްރޫއުތަކާ އަޅާކިޔައި ތަފާސްހިސާބުތަކެއް ފިޝަރީޒް މިނިިސްޓަރު އަހުމަދު ޝިޔާމު ހިއްސާކުރައްވައި ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ފައްޔާޒު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ މީ ކަނޑައެޅިގެން އޮޅުވާލުމެއްކަމަށާއި އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް ސިއްރުނުކުރައްވާނެކަމަށް ރައީސް މުއިޒު ވަރަށް ގަދަޔަށް ވިދާޅުވެފައިވާކަމަށެވެ.
އަދި “މަނިކުފާނަށް ކެރިވަޑައިގަންނަވާނެކަމަށް ޤަބޫލުކުރަން ތި ހުރިހާ އެގްރީމަންޓްގެ ކޮޕީ ޓްވީޓްކޮއްލަންވަން. އަވަހަށް ހާމަކޮއްލަދެއްވާ.” ފައްޔާޒު ވިދާޅުވެފައިވެއެވެ.
ފިޝަރީޒް މިނިިސްޓަރު އަހުމަދު ޝިޔާމު ހިއްސާކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ގޯސްވެ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑު މިދަނޑިވަޅުގައި ދައުލަތުން އެންމެ ލޯލާރިއެއް ޚަރަދުނުކުރައްވާ ދައުލަތުލުގެ ނެތްވަރު ބޮޑު އެސެޓެއް އުފެއްދެވުމަކީ ޤައުމުގެ މުސްތަޤުބަލަށް ރައީސް ޑރ. މުއިއްޒު އެޅުއްވި ވަރަށް މުހިއްމު ފިޔަވަޅެއްކަމަށާއި ރައްޔިތުންގެ އަސާސީކަންކަން ފަހިކޮށްދިނުމަކީ ދައުލަތުގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން ކުރުމަށް ޤާނޫނު އަސާސީއިން ދަޢުލަތުގެ އެންމެ އިސް ވެރިއަކަށް ހުންނަވާ ފަރާތަކަށް ލާޒިމްކުރާ ކަންކަންކަމަށެވެ. އަދި ރަސް މާލެ އަކީ ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އޮތް ޖުމްލަ ހައްލުކަމަށް ވެސް މިނިސްޓަރ ޝިޔާމް ވިދާޅުވެފައިވެއެވެ.
” ދައުލަތުގެ މާލީ ހާލަތު ގޯސްވެ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑު މިދަނޑިވަޅުގައި ދައުލަތުން އެންމެ ލޯލާރިއެއް ޚަރަދުނުކުރައްވާ ދައުލަތުލުގެ ނެތްވަރު ބޮޑު އެސެޓެއް އުފެއްދެވުމަކީ ޤައުމުގެ މުސްތަޤުބަލަށް ރައީސް ޑރ. މުއިއްޒު އެޅުއްވި ވަރަށް މުހިއްމު ފިޔަވަޅެއް. ރައްޔިތުންގެ އަސާސީކަންކަން ފަހިކޮށްދިނުމަކީ ދައުލަތުގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން ކުރުމަށް ޤާނޫނު އަސާސީއިން ދަޢުލަތުގެ އެންމެ އިސް ވެރިއަކަށް ހުންނަވާ ފަރާތަކަށް ލާޒިމްކުރާ ކަންކަން. ރަސް މާލެ އަކީ ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އޮތް ޖުމްލަ ހައްލު.” މިނިސްޓަރ ޝިޔާމުގެ އެކްސް ޕޯސްޓުގައިވެއެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ގެނެސްދިނުމަށް މި ސަރުކާރުން ފެށި އެންމެ ބޮޑު އެއްމަޝްރޫއު ކަމުގައިވާ “ރަސްމާލެ” ހިއްކަން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. ރައީސް ވިދާޅުވީ މިއީ ދައުލަތުގެ ބަޖެޓަކުން އެއްވެސް ހަރަދެއް ނުހިނގާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އަދި މި މަޝްރޫއުގެ ސަބަބުން ގިނަބަޔަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުލިބިގެންދާނޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ