ލަމްހާ ދޫކޮށްލާފައިވާތީ މާވިން ވެސް ދޫކޮށްލަދޭން އެދިއްޖެ، ގާޒީ ވިދާޅުވީ ބަންދުން ދޫކޮށްލެވެން ނެތް ކަމަށް

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި ކަމަށް ތުހުމަތުކުރެވޭ، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދުން ދޫކޮށްލާފައިވާތީ، އެ މައްސަލާގައި ދެން ތުހުމަތުކުރެވޭ މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސް ވެސް ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލަން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ. ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ މާވިންގެ ބަންދަށް ލުއި ދެވެން ނެތް ކަމަށެވެ.
ވީ ކިހިނެއް؟ - އެ މައްސަލާގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި، އެ މައްސަލާގައި ތުހުމަތުކުރެވޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ބަންދު މުރާޖާކޮށް، ތިން މަސް ދުވަހުގެ މުއްދަތަކަށް ބަންދުން ދޫކޮށްލުމަށް މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ އަމުރުކޮށްފަ އެވެ.
މާވިންގެ ފަރާތުން މީގެ ކުރިން ބަންދަށް ލުއިދޭން އެދިފައި ނުވި ނަމަވެސް، މިހާރު ކުރިއަށްދާ އަޑުއެހުމުގައި އޭނާގެ ވަކީލު އިސްމާއިލް މުހައްމަދު ވަނީ މާވިންގެ ބަންދާ މެދު ވެސް ގޮތް ނިންމައިދިނުމަށް އެދިފަ އެވެ. 
ތަފްސީލް އަންނަނީ ----
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ