އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް މެމްބަރު މުޙައްމަދު ރަޝީދު އިންތިޚާބުކޮށްފި

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރަކަށް އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އިންތިޚާބުކޮށްފިއެވެ.
މުޙައްމަދު ރަޝީދު މި މަގާމަށް އިންތިހާބުވެވަޑައިގެންނެވީ އެބޭފުޅާގެގެ އިތުރުން މި މަގާމަށް ކުރިމަތިލައިފައިވާ ދެ ބޭފުޅުން ކަމުގައިވާ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު އާއި ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ.
އެމްޑީޕީގެ ޕީޖީ ގެ މަގާމަށް ބިގޭ އިންތިޚާބުވެވަޑައިގަތީ 28 ވޯޓާއެކުއެވެ. ދެން މި އިންތިހާބުގައި ވާދަ ކުރެއްވި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް ލިބިވަޑައިގަތީ 20 ވޯޓެވެ. އަދި ކުރެންދޫ ދާއިރާގެ މެންބަރުޢަބްދުލްޣަނީ ޢަބްދުލްޙަކީމަށް ލިބިވަޑައިގަތީ 4 ވޯޓެވެ.
Advertisement
އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ވުމާއި ގުޅިގެން އެބޭފުޅާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ