ދިވެހިރާއްޖޭގެ ބިމާއި، ފަޅުތަކާއި، ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ސިޔާދަތީ ބާރުތަކެއް، ރައްޔިތުންގެ މަޖިލީހަށް ސިއްރުން ބޭރުގެ އަމިއްލަ ކުންފުންޏަކަށް ދޫކޮށްލާފައިވާ ކަމަށް ބުނާ މައްސަލާގައި "މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ވަގުތުން ހުއްޓާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
މި މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ގަވާއިދުގެ 189 ވަނަ މާއްދާގެ ދަށުން، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ހުށަހަޅުއްވި މި ގަރާރާއެކު، ބިދޭސީންނަށް ރާއްޖޭގައި ދިރިއުޅުމުގެ ދާއިމީ ހުއްދަ ވިއްކުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދެފުށް ފެންނަ މިންވަރާއި، ގައުމީ މަސްލަހަތަށް ހުރި ނުރައްކާތަކާ މެދު ވަނީ ބޮޑެތި ދުސްތޫރީ އަދި ޖިނާއީ ސުވާލުތަކެއް އުފެދިފަ އެވެ.
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
Villa College
MU STORE
މި ގަރާރުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ގައުމުގެ ސިޔާދަތާ ގުޅުންހުރި މިފަދަ ބޮޑު ނިންމުމެއް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ބަދަލުގައި، ސަރުކާރުގެ އިދާރީ ނިންމުމެއްގެ ދަށުން ކަމަށް ވުމެވެ.
ޖުލައި 1، 2025 ގައި ސިންގަޕޫރުގައި "ހެންލީ އެންޑް ޕާޓްނާސް" އާއެކު ވެފައިވާ އެއްބަސްވުމުގެ މާލީ، ކޮންޓްރެކްޗުއަލް އަދި ގާނޫނީ ޝަރުތުތައް މަޖިލީހަށާއި ރައްޔިތުންނަށް ސިއްރުކޮށްފައި އޮތުމަކީ، ގާނޫނުއަސާސީގެ 70، 96 އަދި 97 ވަނަ މާއްދާއާ ސީދާ ހިލާފު ކަމެއްގެ ގޮތުގައި ގަރާރުގައި ވަނީ ސިފަކޮށްފަ އެވެ.
ބިދޭސީންނަށް ދިރިއުޅުމުގެ ހުއްދަ ދޫކުރުމަކީ އިމިގްރޭޝަނާއި، ގައުމީ ސަލާމަތާއި، ޓެކުހާއި، ދިވެހިރާއްޖޭގެ ބިންތަކާ ސީދާ ގުޅިފައިވާ ސިޔާދަތީ ކަމަކަށް ވާއިރު، މިފަދަ ނިންމުމެއް މަޖިލީހުގެ ބެލެނިވެރިކަމެއް ނެތް ގޮތަށް ކުރިއަށް ގެންދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ޝަމްހީދުގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ވަނަ އަހަރު އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 250,000 ޑޮލަރު ދިވެހި ބޭންކެއްގައި 5 އަހަރަށް ފިކްސްޑް ޑިޕޮސިޓްކޮށްގެން ރިޒާވް ވަރުގަދަކުރަން އޮތް ނިޒާމު ބަދަލުކޮށް، ބޭރުގެ ޑިވެލޮޕަރުންގެ އަތުން ވިލާ ގަތުމުން ދިރިއުޅުމުގެ ދާއިމީ ހުއްދަ ލިބޭ ގޮތަށް ހެދުމުން ދައުލަތުގެ ބޭންކިން ނިޒާމަށް އެއްވެސް ފައިދާއެއް ނުވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން "ސަސްޓެއިނަބަލް ރެޒިޑެންޝަލް ވިލާ" ތަކުގެ މުއާމަލާތްތަކުން ނަގާ ޓްރާންސްފާ ޓެކްސް 1 ޕަސެންޓަށް ކުޑަކޮށް، އިންކަމް ޓެކްސް އިސްތިސްނާކޮށްފައިވުމުން، 250,000 އެމެރިކާ ޑޮލަރުގެ ރެޒިޑެންޝަލް ޕްރޮޕަޓީއަކުން ދައުލަތަށް ޖުމްލަ ލިބެނީ އެންމެ 2,500 ޑޮލަރެވެ. މިއީ ދައުލަތުގެ ހަޒާނާއަށް ލިބޭ އިންތިހާ ބޮޑު ގެއްލުމެއް ކަމަށް ގަރާރުގައިވެ އެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރަށްތަކާއި ފަޅުތަކުގެ މައްޗަށް ބޭރުގެ ކުންފުންޏަކަށް ޖީލަކަށްވުރެ ދިގު މުއްދަތުގެ ބާރުވެރިކަން ލިބި، އެސްއީޒެޑް ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން އެހެން ގާނޫނުތަކުގެ މައްޗަށް އެ ގާނޫނު އިސްވުމުގެ ސަބަބުން ދައުލަތުގެ ތެރޭގައި "ވަކި ދައުލަތެއް" އުފެދުމުގެ ދުސްތޫރީ ބިރު އޮތްކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އަދި މިއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި "ކަނޑު ވިއްކާލި" ކަމަށް ބުނެ ގައުމީ ސިޔާދަތުގެ ވައުދުގެ މައްޗަށް ބިނާކޮށް ވެރިކަމަށް އައި ސަރުކާރަކުން، ރާއްޖޭގެ ފަޅުތަކާއި ރަށްތައް ބޭރުގެ ކުންފުންޏަކަށް ދީގެން ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުން ކަމަށްވާތީ، މިއީ ރައްޔިތުންގެ ވޯޓާ ސީދާ ފުށުއަރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މި ޕްރޮގްރާމް ފަރުމާކޮށް ހިންގާ "ހެންލީ އެންޑް ޕާޓްނަރސް" އަކީ ޔޫރަޕިއަން ޔޫނިއަންގެ ކޯޓް އޮފް ޖަސްޓިސްއިން 2025 ވަނަ އަހަރު ގާނޫނާ ހިލާފު ކަމަށް ކަނޑައަޅާފައިވާ މޯލްޓާގެ "ސިޓިޒަންޝިޕް-ބައި-އިންވެސްޓްމަންޓް" ޕްރޮގްރާމް ހިންގި ކުންފުންޏެވެ. އެފްއޭޓީއެފް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ އެކަށީގެންވާ ސަލާމަތީ ފިޔަވަޅެއް ނެތް މިފަދަ މަޝްރޫއުތަކުގެ ސަބަބުން މަނީ ލޯންޑަރިން އާއި ޓެކުހަށް މަކަރު ހެދުމުގެ ފުރުސަތު ބޮޑުވާނެ ކަމުގެ އިންޒާރު ދީފައެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ގަރާރުން ސަރުކާރަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
މި ގަރާރު މި ހަފުތާތެރޭގައި މަޖިލީހުގައި އެޖެންޑާކޮށް ބަހުސް ފަށާނެ ކަމަށް ބެލެވެ އެވެ.
'ޕާލް ރެޒިޑެންސް' ޕްރޮގްރާމް ހުއްޓުވަން މަޖިލީހަށް ހުށަހަޅައިފި، ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ