އަގުހުރި ބޮޑެތި އިނާމުތަކަކާ އެކު، ކުޑަކުދިންނަށް ހާއްސަ ފިލްމާއި ކާޓޫނު ހެދުމުގެ މުބާރާތެއް ސަރުކާރުން ކޮންމެ އަހަރަކު ބާއްވާނެ ކަން ރައީސް މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފި އެވެ.
ވީކިހިނެއް؟ - ރައީސް މުއިއްޒު މި ކަން އިއުލާންކުރެއްވީ، އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ކުޑަކުދިންނަށް ހާއްސަކޮށް ދިވެހި ފިލްމު، ކާޓޫން، ވީޑިއޯ ގޭމްތައް ނެތުމަކީ ބެލެނިވެރިންގެ އޮތް 'އިހުލާސްތެރި' ކަންބޮޑުވުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ މިފަދަ ގައުމީ އުދާސްތަކަށް ހައްލެއް ގެންނަން،" ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރު ބަހާއި ތަރިކައާއި ސަގާފަތުގެ ދާއިރާއިން ކުޑަކުދިންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާ އެކީގައި ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ފޮތް ލިޔުންތެރިންނަށް ފޮތްތައް ޗާޕްކުރުމަށް ބޮޑު ހަރަދެއް ހިނގާތީ، އެ ކަމަށް ވެސް ސަރުކާރުން ހާއްސަ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި އަންނަ އަހަރުން ފެށިގެން އަތުލިޔުމުގެ މުބާރާތަކީ ގައުމީ ފެންވަރުގައި ބާއްވާ ބޮޑު މުބާރާތެއް ގޮތުގައި ބާއްވަމުން ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކުޑަކުދިންނަށް ހާއްސަ ކުރު ފިލްމު ހެދުމުގެ އަގު ބޮޑު މުބާރާތެއް އަންނަ އަހަރު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ