ޕީއެންއެފްގެ ރައީސަކީ ޔާމީން، ނައިބުންނަކީ ޖަމީލާއި ޒެއިން
        ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެ ޕާޓީގެ ނައިބު ރައީސް ކަމަށް މުހައްމަދު ޖަމީލް އަހުމަދާއި އަދި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ހޮވިއްޖެ އެވެ.އެ ބޭފުޅުން މަގާމުތަކަށް އިންތިހާބުކުރޫ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޕާޓީގެ ގައުމީ ޖަލްސާގަ އެވެ.ޕީއެންއެފްގެ ރައީސްގެ މަގާމަށް ޔާމީން އިންތިހާބުވެވަޑައިގަތް އިރު، އެ މަގާމަށް ކުރިމަތިލެއްވީ ވެސް އެ މަނިކުފާނު އެކަންޏެވެ.އަދި ރައީސާއި ނައިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވެސް ކުރިމަތިލެއްވީ އެ މަގާމުތަކަށް އިންތިހާބުކުރަން ޖެހޭ އަދަދަށް ކަމަށްވާތީ މަގާމުތަކަށް ވޯޓެއް ނުނަގަ އެވެ.ހަޒާންދާރުގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލި އިރު، އެ މަގާމަށް އިންތިހާބުވީ 219 ވޯޓާއެކު އަލީ ޝިޔާން ނާޝިދެވެ. ދެން ވާދަކުރި ނިހާދު މުހައްމަދު އަލީއަށް ލިބުނީ 117 ވޯޓެވެ.ޕީއެންއެފްގެ ސެނެޓުގެ 14 މަގާމަށް 48 ކެންޑިޑޭޓަކު ވާދަކުރިއެވެ. އޭގެ ތެރެއިން ސެނެޓަށް ހޮވުނު މެންބަރުންނަކީސެނެޓަށް ހޮވުނު 14 މެންބަރުން:އާދަމް އާސިފް - 296 ވޯޓުންއަހްމަދު ފަޔާޒު އަލީ - 294 ވޯޓުންއަބްދުﷲ ސަމަދު - 279 ވޯޓުންޝަރީފާ ސައީދު - 276 ވޯޓުންހަލީމަތު ޒުހައިރާ - 267 ވޯޓުންއަލީ ޝާހް - 262 ވޯޓުންނާއިފް ޝައުކަތު - 258 ވޯޓުންފާތިމަތު ރަހުމާ - 247 ވޯޓުންމުހައްމަދު އަބްދުއްލަތީފް - 247 ވޯޓުންއަދްލީ އިސްމާއިލް - 243 ވޯޓުންއަބްދުﷲ ސަހީލް ޖަލީލް - 242 ވޯޓުންމުހައްމަދު މައިޒަރު އާދަމް ޒާހިރު - 236 ވޯޓުންޑރ. އަބްދުﷲ އިބްރާހިމް - 233 ވޯޓުންއައިޝަތު ހަފީޒް - 230 ވޯޓުންޕީއެންއެފްގެ އެތެރޭގެ އިންތިހާބަށް ޖުމްލަ 55 މީހުން ވާދަކުރި އެވެ. އެއީ ޕާޓީގެ ރައީސާއި ޕާޓީގެ ނައިބުރައީސުންގެ މަގާމާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އާއި ޕާޓީ ޓްރެޝަރާ އާއި ޕާޓީގެ ރަޖިސްޓްރާ އާއި ޕާޓީގެ ސެނެޓުގެ 14 ގޮނޑިއަށް ވާދަކުރި 48 މީހުންނެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
            