އެމްޑީޕީން އަންނަ މަހު މުޒާހަރާތައް ފަށަން ނިންމައިފި

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އަންނަ މަހު ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފަށަން ނިންމާ އެކަަމަށް އެ ޕާޓީގެ ގައުމީ މަޖިލީސް އިއްތިފާގު ވެއްޖެ އެވެ.
ގައުމީ މަޖިލީހުން މިކަމަށް އިގްރާރު ވީ މިރޭ ބޭއްވި ކުއްލި ބައްދަލްވުމުގަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ބައިވެރި ބައްދަލްވުމުގައި އެ ނިންމުން ނިންމީ ހުށައެޅުނު ގަރާރަކަށް ފުޅާކޮށް ބަހުސެއް ހިންގުމަށް ފަހު އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ -- ފޮޓޯ: ވޮއިސް
މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅި ގަރާރުގަައި ވަނީ އަންނަ މަހުގެ ތިންވަަނަ ދުވަހު މާލޭގައި މި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށާއި އެއާއެކު ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބުވުމާ ހަމައަށް މި އިހުތިޖާޖުތައް ސިލްސިލާ ގޮތުގައި ގެންދިޔުމަށް ހުށައަޅާފަ އެވެ.
އެ ހުށައެޅުމަށް ބަހުސްކުރި ހުރިހާ މެންބަރުން ވަނީ އެ ގަރާރަށް ތާއީދުކޮށްދަ އެވެ. އެހެން ކަމުން އެ ގަރާރު ފާސްކޮށް އެކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އިގުރާރުވެފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ -- ފޮޓޯ: ވޮއިސް
މިރޭގެ ބައްދަލްވުމުގައި ރައީސް ސޯލިހް ވިދާޅުވީ މިވެރިކަން ވަނީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ. މި ސަރުކާރުގެ ޕޮޕިއުލަރިޓީ ވަަރަށް ދަށްވެފައިވާ ކަމަށާ ސަރުކާރަށް ތާއީދުކުރާ އެކަަކުވެސް މިއަދު ނެތް ކަމަށެވެ.
މިހާރު ހުށައަޅާފައިވާ މީޑިއާ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެއީ މީޑިއާގެ މިނިވަންކަން ނަގާލާ ސަރުކާރުގެ މުށުތެރެއަށް މީޑިއާތައް ގެންދަަން ހީލަތްތެރިކޮށް ހުށައަޅާފައިވާ ބިލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ