'ގައުމު ސަލާމަތް ކުރަން' އެމްޑީޕީން ސިލްސިލާ ހަރާކަތަށް ނުކުންނަނީ

އެމްޑީޕީން ''ގައުމު ސަލާމަތްކުރުމަށް'' ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިޔުމަށާއި އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް މިރޭ ނިންމައިފިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމެއްގައި އެގޮތަށް ފާސްކުރީ، މަނަދޫ ދާއިރާގެ ރައީސް މުޙައްމަދު ތޯރިގު ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ. އެ ގަރާރަށް ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ތާއިދުކުރެއްވިއިރު، ގަރާރު ފާސްވީ އެ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މިރޭ ކުރިއަށް ދިޔަ ގައުމީ މަޖިލީހުގައި މަނަދޫ ދާއިރާގެ ރައީސް މުޙައްމަދު ތޯރިގު ގަރާރު ހުށަހަޅުއްވަނީ --- ސަން ފޮޓޯ/ ހުސައިން ހާފިޒު އެ ގަރާރުގައި ވަނީ، ގާނޫނު އަސާސީ ބަދަލުކޮށްގެން މަޖިލިސް މެންބަރުންގެ 'ކަސްތޮޅު' އަޅުވާފައިވާ ކަމަށާއި ރާއްޖޭގެ ވެރިކަން މި ސަރުކާރާ ހަވާލުވި ދުވަހުން ފެށިގެން ދުސްތޫރީ ނިޒާމު ހަލާކުކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ސަރުކާރުން އިގުތިޞާދީ ގޮތުން އެޅި 'ދޯހަޅި' ފިޔަވަޅުތަކުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް މަތިވެ، ދިރިއުޅުމަށް ތަކުލީފުތައް ކުރިމަތިވަމުންދާ ކަމަށް އެ ގަރާރުގައިވެއެވެ. މި ޕާޓީން އޮކްޓޫބަރު 3 ވަނަ ދުވަހު މާލޭގައި މި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށާއި، އެޔާއެކު ސަރުކާރު ހަމަ މަގަމަށް އެޅުވުމުގެ މި މަސައްކަތް ކާމިޔާބުވުމާ ހަމަޔަށް މި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ޕާޓީގެ ގައުމީ މަޖިލީހުން އިގުރާރުވަމެވެއެމްޑީޕީގެ ގަރާރު އެމްޑީޕީގެ ދަނޑިކޮށި ޖަލްސާގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ޝާހިދު ތުހުމަތުކުރެއްވީ، މިސަރުކާރުން ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާތައް ބޭނުންކުރަމުން ގޮސް، ބޮޑުތަނުން ލޫޓުވާލާފައިވާ ކަމަށާއި މިހާރު މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ބަސްބުނުމަށް މަގުފަހިކޮށްދިނުމަށް އޮންނަ މީޑިއާގެ ބާރު ފޭރިގަތުމަށް ކަމަށެވެ. މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދިޔަ ނަމަވެސް، މިހާރު އެފަދަ މަޝްރޫއުތަކުގެ އުއްމީދެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރެއިން ---- ސަން ފޮޓޯ/ ހުސައިން ހާފިޒު އެގޮތުން، އެޕާޓީއަށް މިހާރު ބަލަހައްޓައިގެން ތިބެވެން ނެތް ކަމަށާއި ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ މީހުން ލައިގެން އެކުންފުނިތައް މިހާރު އޮތީ ބަނގުރޫޓުވުުގެ ތުންފަތް މަތީގައި ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ. ސަރުކާރުގެ ކުންފުނިތަކަށް އަތް ބާނައި، އެކުންފުނިތަކަށް ސިޔާސީ މީހުން ލައިގެން، އެކުންފުނިތަކުން އެ ގޮތް މިގޮތުން ފައިސާ ނަގައިގެން އިންތިޚާބުތަކުގައި ޚަރަދުކުރަމުން ގޮސް ހުރިހާ ކުންފުނިތަކެއް މިއަދު އެ އޮތީ ބޭންކްރަޕްސީގެ ތުންފަތްމައްޗާ ހަމައަށް ގެނެސްފައި. މުޅި ދިވެހި ދައުލަތް އަންނަ އަހަރުގެ އޭޕްރީލް މަހު މިއޮތީ ބޭންކްރަޕްސީގެ ތުންފަތް މަތީގައިއެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިތުރަށް އޭނާ ވިދާޅުވީ، ޑޮލަރެއްގެ އަގު މިހާރު ހުރީ 20.20 ރުފިޔާގައި ކަމަށެވެ. މަޖާޒީ ގޮތެއްގައި ޝާހިދު ވިދާޅުވީ، އައިނު އަޅައިގެން ލޮލަށް ނުފެންނަ މީހުންނަށް 20.20 ނަޒަރެއް ލިބުމުން ރަނގަޅު ކަމަށެވެ. ނަމަވެސް، 20.20 ރޭޓަށް ޑޮލަރު އެރުމަކީ މައްސަލައެއް ކަމަށް ވިދާޅުވެ، އިންތިހާއަށް މި ސަރުކާރުން ތިބީ "ދައުލަތް ލޫޓުވާލައިގެން" ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އެމްޑީޕީން އޮތީ ރާއްޖެ ހަމަމަގަށް އެޅުވުމުގައި ކޮށްދޭން ޖެހޭ ކޮންމެ ކަމެއް ކުރަން ގުރުބާންވާން ތައްޔާރަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ