ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިގްރެޓް ކާޓަންތަކެއް " ގެއްލުނު " މައްސަލަ: ފުލުހުންގެ ސީނިއަރ ސާޖަންޓަކު ހައްޔަރަށް!

ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިގްރެޓް ގެއްލުނު މައްސަލާގައި މީހާކު ހައްޔަރުކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓި ގެންގޮސްފައިވަނީ ބިދޭސީއެއްގެ އަތުން މި އަހަރު މެއި 23 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ހަ ކާޓަން މަދުވި މައްސަލައެއް ފެންމަތިވީ މިދިޔަ މަހުގެ ތެރޭގައި އެވެ. ފުލުހުން އޭރު ބުނީ އެ ތަކެތި މަދުވިކަން އެނގުނީ، އޮންނަ އުސޫލުގެ ތެރެއިން މިތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) ކަމަށެވެ.
މުނައްވަރު އާދަމް އަކީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެއްކަން ފާހަގަކޮށް ފުލުހުން ބުނީ މައްސަލައާ ގުޅިގެން މި މުވައްޒަފު ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ