ހދ. ނޭކުރެންދޫއަށް ނިސްބަތްވާ ނަސްރު ބޯޓު އަޑިއަށް ދިޔުމާއި ގުޅިގެން ނ. ފޮއްދޫ ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް އެ ރަށުގެ ރައްޔިތުންނަށް ކާޑުގެ ބަވާތްތައް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ނިންމަވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނަސްރު ބޯޓު އަޑިއަށް ގޮސްފައިވަނީ މޫސުން ގޯސްވެފައިވަނިކޮށް މުދާ ބަރުކޮށްގެން މާލެ އިން ނައިފަރަށް ދަތުރުކުރަނިކޮށެވެ. މި ބޯޓަކީ ހދ. އަތޮޅާއި ނ. އަތޮޅު އަދި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް މުދާ ހިފައިގެން ދަތުރުކުރާ ބޯޓެކެވެ،
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ނަސްރު ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ފޮއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފޮއްދޫ ރައްޔިތުންނަށް ބޭނުންވާނެ ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑޫ، ހަކުރު އަދި ފުށް ފޮއްދޫ އަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކާޑުގެ މި ބަވާތްތައް ފޮއްދޫ އަށް މިއަދު ލިބޭނެ ކަމަށާއި އަދި މިވަގުތުން ވަގުތަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދިނުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނެވި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރަމުންދާ ކަމަށް އައްބާސް ވިދާޅުވި އެވެ.
ނަސްރު ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ހދ. ކުމުންދޫގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށް ނޭކުރެންދޫ ކައުންސިލުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އައްބާސްގެ ފަރާތުން ފޮއްދޫއަށް ކާޑުގެ ބާވަތްތައް ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ