ބަނދަރު ފުންކުރަން ކުޑަ އެކްސްކަވޭޓަރެއް ބޭނުންކުރުމުން ޔާމީންގެ ފާޑުކިޔުން

ޅ. ކުރެންދޫ ބަނދަރުގެ މަސައްކަތް މަސައްކަތް ކުރުމަށް އެމްޓީސީސީން ކުޑަ ކެޕޭސިޓީއެއްގެ އެސްކެވޭޓަރެއް ބޭނުންކުރާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.ހއ. އަތޮޅު ކައުންސިލުން ދޭ 'ތިލަ އުތުރު އެވޯޑު' ހަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ވާހަކަ ދައްކަވަމުން ޔާމީން ވަނީ މިއަދު އެމްޓީސީސީއާ ހަވާލުކުރި ކުރެންދޫ ބަނދަރުގެ މަސައްކަތް ފެށިއިރު ކުޑަ އެކްސްކެވޭޓަރެއް ބޭނުންކޮށްގެން މަސައްކަތް ކުރާ ތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައިވާތީ އެ ކަމަށް އިޝާރާތް ކުރައްވައި ފާޑުވިދާޅުވެފަ އެވެ.ޔާމީން ވިދާޅުވީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަދަ ކަންތައްތަކަށް އެންމެ ކުޑަވެގެން 3.5 ނުވަތަ 4 މީޓަރު ފުންމިނަށް ކޮނެވޭވަރުގެ އެކްސްކެވޭޓަރެއް ބޭނުންވާނެ ކަމަށެވެ."ކުރެންދޫ ބަނދަރަށްވީ ކިހިނެއްތޯ؟ އެމްޓީސީސީން މި ކަން މި ކުރަނީ 5 ޓަނުގެ އެކްސްކެވޭޓަރެއް ހިފައިގެން. ފަސް ޓަނުގެ އެކްސްކެވޭޓަރެއްގެ ކެޕޭސިޓީއަކީ 1 މީޓަރުގެ ފުންމިން،" ޔާމީން ވިދާޅުވި އެވެ.މިފަދަ ކަންކަމަކީ އިހުމާލު ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 53.36 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއު 416 ދުވަސްތެރޭގައި ނިންމަންޖެހެ އެވެ.ތިލައުތުރު އެވޯޑް ޖަލްސާއަށް އެންމެ ފުރަތަމަ ދައުވަތު ދެއްވީ ރައީސް މުހައްމަދު މުއިއްޒަށެވެ. ނަމަވެސް އެމަނިކުފާނު އެ ދައުވަތު ގަބޫލުކުރައްވާފައެއްނުވެ އެވެ. އެކަމާ ގުޅިގެން ޔާމީން ވަނީ ފާޑުވިދާޅުވެފަ އެވެ."މުއިއްޒު އަށް ދިއްދޫއަށް ވަޑައިނުގެންނެވުނީ މުއިއްޒު މާލޭގައި މަޝްއޫލުވެގެން ބޮޑެތި ކަންތަތަކެއް ނިންނަމަވާތީއެއް ނޫން. ފާދިއްޕޮޅުގައި އެބަ އުޅުއްވާ. ފާދިއްޕޮޅަށް ވުރެ ހއ. އެތައް ތަނެއް ބޮޑު. ނަމޫނާ އަތޮޅު ކައުންސިލެއް އޮތް ތަނަކަށް ހއ. ވާނެ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ