އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް މިއަދު ނަގާ ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް ވޯޓުލީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %17 މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އައްޑޫގެ ތިން ރަށެއްގައި އޮންނަ މި ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. މި ވޯޓު އޮންނަނީ ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.
ތަފްސީލް - މިއަދު ހެނދުނު 8 ޖެހިއިރު ފެށި މި ވޯޓުގައި މެންދުރު 12 ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 1661 މީހުންނެވެ. އެއީ %17.35 މީހުންގެ ވޯޓެވެ.
ވޯޓުލީ:
އަންހެން: 789
ފިރިހެން: 872
މިހާތަނަށް 7915 މީހުން އަދި ވޯޓެއް ނުލަ އެވެ. އެއީ ވޯޓުގެ %87.58 އެވެ.
މި ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4 ޖެހުމާ ހަމައަށެވެ.
އެނގުން މުހިންމު - އީސީން އާންމުކުރި ވޯޓާސް ލިސްޓްގައިވާ ގޮތުން، މި ވޯޓުގައި ވޯޓު ލުމުގެ ހައްގު 9،576 މީހުންނަށް ލިބިގެންވެ އެވެ. މިގޮތުން:
ހުޅުދޫގައި ބަހައްޓާ ތިން ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 1،242 މީހުންނަށް
މީދޫގައި ބަހައްޓާ ތިން ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 1،618 މީހުންނަށް
ފޭދޫގައި ބަހައްޓާ ފަސް ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 2،835 މީހުންނަށް
މާލޭގައި ބަހައްޓާ ހަތް ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 3،881 މީހުންނަށް
އައްޑޫގައި ވަކި ކައުންސިލުތަކެއް ހެދުމުގެ ވޯޓު: މިހާތަނަށް ވޯޓުލީ %17 މީހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ