މެންބަރުންގެ އަދަދު ދަށްވެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ސިޔާސީ ޕާޓީތަކުގެ ލިސްޓުން އަދާލަތު އުނިވެއްޖެ މެންބަރުންގެ އަދަދު ދަށްވެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ސިޔާސީ ޕާޓީތަކުގެ ލިސްޓުން އަދާލަތު އުނިވެއްޖެ

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ ސިޔާސީ ޕާޓީތަކުގައި ތިބެންޖެހޭ ކަމަށް ގާނޫނު ބުނާ އަދަދަށްވުރެ މެންބަރުން މަދުވެ، އެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ އެވެ.
ގާނޫނު ބުނާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10،000 އަށްވުރެ ގިނަ މެންބަރުން ތިބޭ ސިޔާސީ ޕާޓީތަކަށެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) މިއަދު ކުރި ޕޯސްޓެއްގައި ބުނީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ބަޖެޓު ފާސްކުރި އިރު އެ އަދަދު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއެއްގައި ކަމަށެވެ.
އެއީ ވެރިކަންކުރާ ޕީއެންސީ އާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްޑީއޭ އަދި ޖުމްހުރީ ޕާޓީ އެވެ. އެ ތާާރީހާއި ހަމައަށް މި ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދެއް އީސީ އިން ހާމައެއް ނުކުރެ އެވެ. އީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވަނީ ޖޫން 30، އާއި ހަމައަށް ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދެވެ.
އެ އަދަދުތަކަށް ބަލާއިރު، ޖޫން މަހުގެ ނިޔަލަށް އަދާލަތު ޕާޓީގައި ތިބީ 8،844 މެންބަރުންނެވެ. އޭރު އެމްޑީއޭގަ ވެސް 10،000 ހަމައެއް ނުވެ އެވެ. އެ ޕާޓީގައި ތިބީ 9،011 މެންބަރުންނެވެ.
މި އަދަދުތަކަށް ބަލާއިރު މިވަގުތު އެންމެ މެންބަރުން ގިނައީ ވެރިކަންކުރާ ޕީއެންސީގަ އެވެ. ދެވަނައިގައި އޮތީ އެމްޑީޕީ އެވެ.
މި އަހަރުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ދިނެވެ.
ވެރިކަން ކުރާ ޕީއެންސީއަށް ވަގު ފޯމު ފުރައިގެން ވެއްދި އެތައް ހާސް މީހުން ވެސް ހިމަނައިގެން އެ ޕާޓީއަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން އިލެކްޝަނުން ނިންމުމުން އެކަމަށް ގިނަ ބަޔަކު އޭރު ފާޑުކިޔާފައިވެ އެވެ.
ވަގު ފޯމުތައް ވެސް ހިމަނައިގެން ޕީއެންސީއަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަން އިއުލާނު ކުރިއިރު، ވަގު ފޯމުތަކެއް ފުރައިގެން ޕީއެންސީއަށް މެންބަރުންތަކެއް ވެއްދި މައްސަލަ މި އަހަރުގެ ޖެނުއަރީ މަހު އީސީން ތަހުގީގު ވެސް ކުރަން ފެށި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ