ކަޕިލްގެ ޝޯއަށް ނެޓްފްލިކްސްގައި ފިނި ތަރުހީބެއް

ނެޓްފްލިކްސްއިން ގެނެސްދޭ އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާގެ ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"އަށް ނެޓްފްލިކްސްގެ ޗާޓުތަކުން ފިނި ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން ނެޓްފްލިކްސްގެ 'ގްލޯބަލް ޓޮޕް 10 ނޮން-އިންގްލިޝް ޝޯ' ލިސްޓުން ވެސް މި ޝޯއަށް ޖާގަ ނުލިބޭތާ މިހާރު ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މި ޝޯގެ ދެ ސީޒަނެއް މިހާތަނަށް ގެނެސްދީފައިވާއިރު ތިންވަނަ ސީޒަނަށް ކުރީގެ ދެ ސީޒަނަށް ލިބުނު ތަރުހީބާ ގާތްކުރާ ވަރަށް ވެސް ބެލުންތެރިންގެ ތަރުހީބު ލިބިފައިނުވާ ކަމަށް ނެޓްފްލިކްސްއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ފުރަތަ ސީޒަންގެ އެޕިސޯޑުގައި އެކްޓަރު ރަންބީރު ކަޕޫރުގެ އާއިލާ މެހުމާނުންގެ ގޮތުގައި ބައިވެރިވެފައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ތިންވަނަ ސީޒަން މިދިޔަ މަހު ޕްރީމިއާ ކުރަން ފެށިއިރު ފުރަތަމަ އެޕިސޯޑުގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ބޮލީވުޑް އެކްޓަރު ސަލްމާން ޚާނެވެ. އެ އެޕިސޯޑު ބެލި މީހުންގެ އަދަދު 1.6 މިލިއަނަށް އެރިއިރު 1.9 މިލިއަން ގަޑިއިރު އޭގެ ތެރޭގައި ހިމެނޭ ކަމަށް ނެޓްފްލިކްސްއިން ބުނެއެވެ. ނަމަވެސް، ނެޓްފްލިކްސްއިން ޝޯއަށް ލިބޭ ތަރުހީބު ދެނެގަތުމަށް ބަލާ މިންގަނޑުގެ ތެރޭގައި މި ދެ ބައިގެ އިތުރުން އެހެނިހެން ކަންކަން ހިމެނޭތީ ހަމައެކަނި ޝޯ ބެލި މީހުންގެ އަދަދަށް ބެލުމަށް ފަހު އެ ޝޯއަކަށް ލިބޭ ތަރުހީބުގެ ނަތީޖާ ނިންމެން ނޯންނަ ކަމަށް ވެސް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ. ކަޕިލްގެ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ނެޓްފްލިކްސް މެދުވެރިކޮށް ޕްރީމިއާކުރަން ފެށީ 2024 ވަނަ އަހަރެވެ. އޭގެ ކުރިން ކަޕިލްގެ ޝޯ ގެނެސްދެމުން އައީ ކަލަސް އަދި ސޮނީންނެވެ. ނެޓްފްލިކްސްގެ ޝޯއަށް ލިބޭ ތަރުހީބު ދަށްވުމާ އެކު ކަޕިލްގެ ޝޯ ކުރިމަގާ މެދު މިހާރު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ