ހަނދުމަކޮށްދިނުމެއް!: ކޮންމެ ހުކުރު ދުވަހަކު ކިޔަވާ ކަހަފް ސޫރަތުގެ މާތްކަމުގެ ތެރެއިން މިންވަރެއް-!

ޢާއިޝަތު ރަފާޙް ޢަލީ
 
އަހުރެމެން ކޮންމެ ހުކުރު ދުވަހަކު ކަހްފް ސޫރަތް ކިޔަމުއެވެ. އެސޫރަތުގެ މާތްކަން އެނގުމަކީ ކިޔަވަން އިތުރަށް ޝައުޤުވެރިވެވޭނެ ކަމަކަށްވާތީ މިގެނެސްދްނީ އެކަން އެނގިގެންދާނެ ލިޔުމެކެވެ.
ކަހްފް ސޫރަތުން ލިބިގެންދާ އެންމެ މުހިންމު އެއްފިލާވަޅަކީ ﷲ ތަޢާލާގެ ދީނުގައި ޘާބިތުވެހުންނަން މަސައްކަތްކުރާ މީހަކަށް އެކަމަށް މަގުދައްކަވާނެކަމެވެ. އެމީހަކަށް ހިމާޔަތާއި ރައްކައުތެރިކަން ދެއްވަވާނެ ކަމެވެ. ކަހްފްސޫރަތް މާނައާއިއެކު ކިޔަވާނަމަ ހިތަށް ޘާބިތުކަން ލިބިގެންދާނެއެވެ. ﷲ ތަޢާލާގެ ރަޙްމަތާއިމެދު ޔަޤީންކަން ލިބިގެންދާނެއެވެ. އިން ޝާ ﷲ
﴿10﴾ إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا
"އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ޒުވާނުން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!"
﴿11﴾ فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا
"ފަހެ، ހޮހަޅައިގައި އެތައް އަހަރެއްވާނދެން، ތިމަންރަސްކަލާނގެ އެއުރެން ގަދަނިއްޖެއްގައި ބައިތިއްބެވީމެވެ."
ކަހްފް ސޫރަތަކީ މުޞްހަފުގެ ތަރުތީބަށް ބަލާއިރު 18 ވަނަ ސޫރަތެވެ. ކަހަފް ސޫރަތުގައި 110 އާޔަތް ހިމެނިފައިވެއެވެ. މި ސޫރަތް ފައްޓަވާފައި ވަނީ الحمد لله މިފަދައިންނެވެ. މި ސޫރަތުގައި އެކި ވާހަކަތައް ހިމެނިފައިވެއެވެ. އޭގެތެރޭގައި ކަހަފް ބާގައިގެ މީހުންގެ ވާހަކައާއި ޛުލް ޤަރްނައިން ގެ ވާހަކައާއި މިނޫންވެސް ވާހަކަތައް ހިމެނެއެވެ. އެގޮތުން ކަހަފް ސޫރަތާއި ބެހޭގޮތުން އައިސްފައިވާ ބައެއް ހަދީޘްތައް މި ލިޔުމުގައި ހިމަނާލާނަމެވެ.
عن أبي الدرداء –رضي الله عنه- عن النبي صلى الله عليه وسلم : «مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الكَهْفِ، عُصِمَ مِنَ الدَّجَّالِ». وفي رواية: «مِنْ آخِرِ سُورَةِ الكَهْف».
އަބުއްދަރުދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙަމައްދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ކަހަފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާކު ދައްޖާލުގެ ކިބައިން ރައްކާތެރިވެގެންވެއެވެ.” އަދި ބައެއް ރިވާޔަތްތަކުގައި "ކަހަފު ސޫރަތުގެ ފަހު ދިހައާޔަތް…" މިފަދައިންވެސް ވާރިދުވެގެންވެއެވެ.
شرح وترجمة حديث: من حفظ عشر آيات من أول سورة الكهف، عصم من الدجال - موسوعة الأحاديث النبوية (hadeethenc.com)
އަދިވެސް ރިވާވެގެންވެއެވެ. وقال رسول الله صلى الله عليه وسلم “من حفظ عشر آيات من أول سورة الكهف عصم من فتنة الدجال”
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހަފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާ ދައްޖާލުގެ "ފިތުނައި” ރައްކާތެރިވެގެންވެއެވެ."
من حفظ عشر آيات من أولها عصم من فتنة الدجال وهذه السورة هي - موقع المرجع (almrj3.com)
قال رسول الله صلى الله عليه وسلم: من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق. رواه البيهقي والحاكم وصححه الألباني.
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ހުކުރު ދުވަހުގެ ކަހަފް ސޫރަތް ކިޔަވައިފިމީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ."
https://www.islamweb.net/ar/fatwa/27666
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ