މުއިއްޒު ބުނި ހުކުމެއް ސުޕްރީމް ކޯޓުން ނެރެދޭ ގޮތަށް ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ހުސްނުސުއޫދު މަގާމުން އިސްތިއުފާ ދިނުމުން، ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކޮށްގެން ތިން ބޭފުޅަކު ކުރިމަތިލެއްވުމުން، މުއިއްޒު އަންގައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޝަހީދު އައްޔަން ކުރުމަށެވެ.
ރައީސް މުއިއްޒު ފޮނުއްވި ނަމަށް ރުހުން ދިނުމަށް ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެ ކަމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.
ޝަހީދަށް ރުހުން ދޭން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވި ކަމަށް ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް މާ ގިނަ އިރުތަކެއް ނުވެ ހަތަރު ވަރަކަށް މިނުޓުތެރޭ އިއުލާން ކުރެއްވުމަށް ފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވައިލެއްވި އެވެ.
މުއިއްޒު ބުނާހާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމް ނެރެދޭ ގޮތަށް ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން، މަޖިލީހުން ރުހުން ދޭން ނެގީ އެންމެ 4 މިނިޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ