މިލާން (ޖުލައި 15) - އެއް އަހަރުގެ ކޮންޓްރެކްޓެއްގައި އޭސީ މިލާނަށް ސޮއިކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ އެ ކްލަބުން ލިބުނު ހުށަހެޅުމަކީ ދޫކޮށްލެވޭނެ ފުރުސަތެއް ނޫން ކަމަށްވާތީ ކަމަށް ކްރޮއޭޝިއާގެ ތަރި ލޫކަ މޮޑްރިޗް ބުނެފި އެވެ.
ރެއާލް މެޑްރިޑަށް 13 އަހަރު ކުޅުމަށް ފަހު މޮޑްރިޗް އެ ޓީމު ދޫކޮށްލީ، ނިމިދިޔަ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރެއާލުން ކުޅުނު ފަހު މެޗަށް ފަހު އެވެ. މިލާނާ އެކު އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި، 39 އަހަރުގެ މޮޑްރިޗް ބުނީ، މިއީ ކެރިއަރުގައި ފަށާ އާ ޗެޕްޓަރެއް ކަމަށެެވެ.
"މިލާނަކީ ކޮންމެ ފެންވަރެއްގެ ކްލަބެއްކަން އެންމެނަށް އެނގޭ. ދެން، އަހަންނަށް މި ކްލަބުން މި ވަގުތު މި ދިނީ ދޫކޮށްނުލެވޭނެ ވަރުގެ ފުރުސަތެއް،" ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް، 2018 ވަނަ އަހަރު ހާސިލްކޮށްފައިވާ މޮޑްރިޗް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން، ކްރޮއޭޝިއާ ގައުމީ ޓީމުގެ ކެޕްޓަން، މޮޑްރިޗަށް މިލާނުން ދެނީ މުސާރަ އާއި ބޯނަސް ހިމެނޭ ގޮތަށް ހަތަރު މިލިއަން ޑޮލަރެވެ.
މިލާނުގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ހަވާލުވި، މަސިމޯ އަލެގްރީ ބުނީ، މޮޑްރިޗް އެ ޓީމާ ގުޅުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަަމަޖެހުމެއް ކަމަށެވެ. އަދި، މޮޑްރިޗްގެ އެހީ މިލާނަށް ލިބޭނެ ގިނަ ގޮތްތަކެއް އެބަހުރި ކަމަށެވެ.
ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް، 2012 ވަނަ އަހަރު ރެއާލަށް ބަދަލުވި މޮޑްރިޗް އެ ޓީމާ އެކު، 28 ތަށި ހޯދި އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ހަ ފަހަރާއި ސްޕެނިޝް ލީގު ހަތަރު ފަހަރު ކާމިޔާބުކުރުން ހިމެނެ އެެވެ. ރެއާލަށް ކުޅެދިން، 597 މެޗުން އެ ޓީމަށް 43 ލަނޑު ޖަހައިދިނެވެ.
މޮޑްރިޗް ބުނީ މިލާނުން ލިބުނީ ދޫކޮށްނުލެވޭނެ ފުރުސަތެއް ކަމަށް މޮޑްރިޗް ބުނީ މިލާނުން ލިބުނީ ދޫކޮށްނުލެވޭނެ ފުރުސަތެއް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ