ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮތް މީހަކު މާޅޮހުން ފެނިއްޖެ

އއ. މާޅޮހުގައި ރަހުމުކުޑަގޮތަކަށް މަރާލާފައި އޮތް އުމުރުން ދުވަސްވީ ފިރިހެނަކު ފެނިއްޖެ އެވެ.
ވީ ކިހިނެއް؟- ފުލުހުން ބުނިގޮތުގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ، އަބްދުއްރަހްމާން އާދަމް، 65 އެވެ.
މާޅޮހުން 'ދައުރު'އަށް ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ފިރިހެން މީހާއަށް ހަމަލާދީފައި އޮތީ، އޭނާގެ ގޭގައި ނިދާފައި އޮއްވަ އެވެ.
"ބޮލުގެ ފުއްކިބައިގައި އެއްޗަކުން ޖަހާފައި އޮތީ. މުޅި އެނދުމަތީގައި އޮތް ލޭ. ސިކުނޑީގެ ބައެއް ވެސް އޮތް ފެންނަން،" އޭނާ ބުންޏެވެ. 
ބެލެވެނީ ހަމަލާދީފައި ވަނީ މަރުތޭލެއް ޒާތުގެ އެއްޗަކުން ކަމަށެވެ. 
ފިރިހެން މީހާ މަރުވީ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ