އައްޑޫ ހިތަދޫގެ ހީނާމަގުގައި ދެ ސައިކަލެއް ރޭ ޖެހި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ވީކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގީ ރޭ 9:17 ހާއިރެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި:
އެއިން އެއް ސައިކަލު ދުއްވަން އިނީ 15 އަހަރުގެ ފިރިހެން ކުއްޖެއް؛ އެ ސައިކަލުގެ ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެއް
އަނެއް ސައިކަލުގައި އިނީ އަންހެނެއް
މި އެންމެނަށް ވެސް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައި
ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ. ފުލުހުން ބުނީ ތިން މީހުން ވެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.
15 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލެއް ޖެހި އޭނާ އާއި އިތުރު ކުއްޖަކާއި މީހަކަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ