ގދ. މަޑަވެލި ކައިރި ބޭރުން ދަތުރުކުރަނިކޮށް އޮޔާދިޔަ ޑިންގީއެއް ބަންޑުން ޖަހާލުމުން، އޭގައި ތިބި ދެ މީހުން ކަނޑުވެފައި ތިއްބައި ސަލާމަތް ކޮށްފި އެވެ.
އެ ދެމީހުން ސަލާމަތް ކޮށްފައި ވަނީ ބަންޑުން ޖަހާލި ޑިންގީ މަތީގައި ތިއްބަ އެވެ. އެ ދެ މީހުން ވެސް ތިބީ ސަލާމަތުން ހެޔޮ ހާލުގައި ކަމަށް ފުލުހުން ބުންޏެވެ.
"އޮޔާދާކަމަށް ރިޕޯޓު ކުރެވުނު ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހައިކަންހާއިރު ފުލުހުންގެ ސާޗް ޓީމަށް ވަނީ ފެނިފައި. އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިބި. އެ ދެ މީހުންގެ ހާލު ރަނގަޅު. އެއީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުން." ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ޑިންގީ އޮޔާދާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 8:39 ހާއިރު ކަމަށެވެ. އެ ރިޕޯޓު ލިބުމާއެކު ފުލުހުންނާއި ސިފައިންގެ ޓީމުތަކުން އެ ޑިންގީ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ފުލުހުން ބުންޏެވެ.
އެ މަސައްކަތް ކުރަމުން ދަނިކޮށް ބެހިގެން އޮޔާދިޔަ އެހެން ޑިންގީއެއް އެ ސަރަހައްދުން އެމްޑީއެފްގެ ޓީމުތަކަށް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. ސިފައިންގެ އެހީތެރިކަމާއެކު އެ ޑިންގީ މަޑަވެއްޔަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މުޅި ރާއްޖެއަށް ވެސް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. ކަނޑުދަތުރުކުރާ ފަރާތްތަކާއި އުދައަރާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވެ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަބަދުވެސް ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިއަދު މެންދުރު 13:30 އާ ހަމައަށް ހއ. އިން ފެށިގެން ފ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. މި އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މިއަދު ހަވީރު 17:00 އާ ހަމައަށް ދ. އިން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ހުދު ސަމާލު ވަނީ ނެރެފަ އެވެ. ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާ ހަމައަށް ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ އެވެ. އެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ.
ދަތުރުކުރި ޑިންގީ ބަންޑުންޖަހާލުމުން ކަނޑުވެފައި ތިބި ދެ މީހުން ސަލާމަތްކޮށްފި ދަތުރުކުރި ޑިންގީ ބަންޑުންޖަހާލުމުން ކަނޑުވެފައި ތިބި ދެ މީހުން ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ