ލަންކާ ބަލިކޮށް ބިޝްކެކަށް ދެވަނަ މޮޅެއް

ކާވާ މެންސް ޗެމްޕިއަންސް ލީގުގައި ލަންކާގެ ޗެމްޕިއަން ޕޯޓްސް 3-1 ސެޓުން ބަލިކޮށް ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކުން ދެވަނަ މޮޅު ހޯދަައިފިއެވެ. މުބާރާތުގައި ބިޝްކެކް ކުޅުނު ދެވަނަ މެޗުން މޮޅުވިއިރު، ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ރާއްޖޭގެ ކުލަބު އެޗްޑީސީ އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ. ލަންކާއާއި ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކުގެ މެޗު ތެރެއިން -- ސަން ފޮޓޯ/ މުސާ ނަދީމް އަނެއްކޮޅުން މިއީ ލަންކާ ޕޯޓްސްގެ ދެވަނަ ބައްޔެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި އިއްޔެ ކަޒަކިސްތާނުގެ ޗެމްޕިއަން ޒައިކް ވީސީ އަތުން 3-1 ސެޓުން ބަލިވެފައެވެ. މި ނަތީޖާއާއެކު ބިޝްކެކް ވަނީ ފައިނަލުގެ އުންމީދު ދަމަހައްޓާފައެވެ. އަދި ލަންކާ މިވަގުތު އޮތީ އެއްވެސް މޮޅެއް ނުލިބި އުނދަގޫ ހާލަތެއްގައެވެ. ލަންކާއާއި ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކުގެ މެޗު ތެރެއިން -- ސަން ފޮޓޯ/ މުސާ ނަދީމް މިއަދު މެންދުރުފަހު ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު ކިރްގިސްތާނުން ގެންދިޔައީ 25-22 އަދި 25-20 އިންނެވެ. އަދި ތިންވަނަ ސެޓު ލަންކާ ކާމިޔާބުކުރީ 25-23 އިންނެވެ. މުބާރާތުގައި މިއަދު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާ ޒައިކް ވީސީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ