ދުރާލާ އެންގުމަކާއި ނުލާ ބޭރުގައި އުޅޭ ދިވެހިންނަށް ބީއެމްއެލް އިން ދިނީ ބޮޑު ދެރައެއް!

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް, ދީފައިވާ 750 ޑޮލަރުގެ ކާޑު ލިމިޓްގެ ތެރެއިން މާދަމާއިން ފެށިގެން ނަގުދު ފައިސާގެ ގޮތުގައި އޭޓީއެމްއިން ނެގޭނީ 125 ޑޮލަރު ކަމަށް ބޭންކުން "ކުއްލި އަކަށް" ހަމަޖެއްސުމުން އެކަމުގެ ގެއްލުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެކަމުގެ ގެއްލުން ވެއްޖެ އެވެ.ގައުމީ ބޭންކުން މިއަދު ވަނީ ބީއެމްއެލްގެ ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުން ފައިސާ ނެގޭ އަދަދު މަހަކު 125 ޑޮލަރަށް ލިމިޓްކޮށްފަ އެވެ. އަދި މިފަދަ ކޮންމެ ޓްރާންސެކްޝަނަކުން 10 ޑޮލަރުގެ ފީއެއް ނެގުމަށް ވަނީ ނިންމައިފައެވެ. ކުރިން ފީގެ ގޮތުގައި ނަގަނީ 100 ރުފިޔާ އެވެ.ރާއްޖޭން ބޭރުގައި ވިސާ ނަގައިގެން އުލޭ މީހުނަށް މީގެ ކުރިން އޮތީ750 ޑޮލަރުގެ ކާޑް ލިމިޓް ދީފައި އެވެ. ނަމަވެސް ދުރާލާ އެންގުމަކާއި ނުލާ އެ އަދަދު 125 ޑޮލަރަށް ކުޑަކުރުމުން އެކަމުގެ ގެއްލުން ރާއްޖޭން ބޭރުގައި ދިރިއުލޭ ދިވެހިންނަށް ވަނީ ފޯރާ ފައެވެ.އިންޑިއާގައި ދިރި އުލޭ ދިވެހި އާއިލާ އަކުން ބުނީ ގައުމީ ބޭންކްގެ ޓެގުގައި ބީއެމްއެލް އިން މި ޖަހާ ސަކާރާތް ހުއްޓުވޭނެ ގޮތެއް މިއަދު ހޯދަން ޖެހިފަވާ ކަމަށެވެ. 750 ޑޮލަރުން ކުލި ދެއްކުމާއި އެނޫން ވެސް ބޭނުންތަކަށް ކުރަމުން އައި ހަރަދު ކުއްލި އަކަށް ނުލިބޭ ގޮތް ބޭންކުން ހެދިއިރު އެފަދަ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ނިންމުމެއް ދުރާލާ ނޭންގުމުން ބޭންކުގެ ސިޔާސަތުގައި އޮޅުވާލުމާ "ޗޯރު" ކަން ފެންނަ ކަށެވެ.ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ކޮމިއުނިޓީ ގުރޫޕުތަކުގައި އަންނަނީ މި ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅު ކުރަމުންނެވެ. އެގޮތުން ލަންކާގައި އުޅޭ ދިވެހިން ހަދައިފަވާ ގްރޫޕެއްގައި ވެސް ގިނަ ދިވެހިން އަންނަނީ ބީއެމްއެލްގެ ނިންމުމަށް ނުރުހުންވެ އެމީހުންނަށް ލިބުނު ގެއްލުމަށް ބޭންކުން ހަވާލުވާން ޖެހޭނެ ކަމަށް ބުނަމުން ނެވެ. އަދި ނުވާވަރުން ސުރުހީ ޖަހާ އެކި ޒާތުގެ ކާޑުތައް ދިވެހިން ނަށް ނުބެހުމަށް މީހުން އަންނަނީ ބުނަމުން ނެވެ."1 ޑޮލަރު ގުނަކުރަން %30 އެއްވަރޭ 1.30 ޑޮލަރު"، "1.30 ޑޮލަރު ގުނަކުރަން 15.42 ރުފިޔާ އެއްވަރޭ 20.05 ރުފިޔާ"، "ބްލެކް މާރުކޭޓުގެ ޑޮލަރު ރޭޓު އެއްވަރޭ 19.40 ރުފިޔާ"، "ދެއާފޯރ ބީއެމްއެލް ބްލެކް މާކެޓް ރޭޓް އެއްވަރޭ 20.05". ސާބަހޭ... ވައުދު ފުއްދައިފި. ކާޑުގެ ލިމިޓް ބޮޑުކޮށްފި." ލަންކާ ގްރޫޕުގައި މީހަކު ލިޔުނެވެ.އިތުރު މީހަކު ބުނީ ބީއެމްއެލްގެ ވިސްނުމަކީ ސަރުކާރުގެ ވިސްނުން ކަމަށާއި ރައްޔިތުންނާއި ދުރު ވެރިއެއްގެ ޒައާމަތުގައި މީ ވެދާނެ ކަމެއް ކަމަށާއި އޭނާ އަށް މިކަމުން އިތުރު ހައިރާން ކަމެއް ނުފެންނަ ކަމަށެވެ. އަދި ބީއެމްއެލްގެ މި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށާއި އެއްވެސް ފީ އެއް، ޖޫރިމަނާއެއް ނެގޭނީ އުސޫލެއްގެ ތެރެއިން ކަމަށާއި ލިޔެފައި ނެތް އުސޫލަކުން ރައްޔިތުނަށް ތަކްލީފި ނުޖެއްސޭނެ ކަމަށެވެ.ރައްޔިތުންގެ ޝަކުވާ ތަކަށް ތަކަށް ޖަވާބު ދެމުން ބޭންކުން ބުނީ، އެންމެ އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ