ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯ 2026ގައި، މޮޓޯއެކްސް މޯލްޑިވްސްގެ ސްޓޯލަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އެބަދެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯގެ އެންމެ ބާރުބޮޑު ދުވަސްވަރު، މޮޓޯއެކްސްގެ ސްޓޯލް ވެފައިވަނީ ޒިޔާރަތްކުރާ ފަރާތްތަކާ ގާތުން މުއާމަލާތްކޮށް، މައުލޫމާތު ފޯރުކޮށްދޭ މުހިންމު ތަނަކަށެވެ.
މި އެކްސްޕޯގައި މޮޓޯއެކްސްގެ ސްޓޯލް، އެސް50 ހާއްސަކޮށްފައިވަނީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މި ދާއިރާއަށް ޝައުގުވެރިވާ އާންމުންނަށް އަމަލީ ގޮތުން އުފެއްދުންތައް ތަޖުރިބާކޮށްލެވޭނެ ފަދަ ގޮތަކަށެވެ.
މޮޓޯއެކްސްގެ ސްޓޯލުން އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދަނީ 'ޕާސަން' އައުޓްބޯޑު އިންޖީނުތަކަށެވެ. ގިނަ އަދަދެއްގެ ބަޔަކު މި އިންޖީނުތަކުގެ ފަންނީ މައުލޫމާތު އޮޅުންފިލުވައި އިންޖީނުގެ މަސައްކަތްތައް ބަލަމުންދެ އެވެ.
މީގެ އިތުރުން، އުޅަނދުފަހަރު މަޑުކޮށްގެން އޮންނައިރު ނުވަތަ ދަތުރުކުރާއިރު ދެފަރާތަށް ހެލުން ކުޑަކޮށްދޭ 'ސީކީޕާ' ގައިރޯ ސްޓެބިލައިޒޭޝަން ސިސްޓަމާއި 'ޝެލް' ބްރޭންޑުގެ ތެލާއި ލޫބްރިކަންޓްސް ވެސް މި ސްޓޯލުން ފެންނަން ހުންނާނެ އެވެ.
މި އެކްސްޕޯގެ ތެރޭގައި މޮޓޯއެކްސްގެ ފަންނީ ޓީމުން އަންނަނީ ޒިޔާރަތްކުރާ ފަރާތްތަކަށް އުފެއްދުންތަކާ ބެހޭ ތަފްސީލީ މައުލޫމާތުދީ، އަމަލީ ގޮތުން ތަކެތި ބޭނުންކުރާނެ ގޮތް ކިޔައިދެމުންނެވެ. މީގެ ސަބަބުން މި ދާއިރާގައި ތަޖުރިބާކާރު ފަރާތްތަކަށާއި އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވެސް މުހިންމު މައުލޫމާތުތަކެއް ލިބިގެންދެ އެވެ.
މި އެކްސްޕޯއާ ދިމާކޮށް މޮޓޯއެކްސް އިން ވަނީ ޕާސަން އިންޖީނުތަކުން ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ތައާރަފްކޮށްފަ އެވެ. މިއީ އިންޖީނު ގަންނަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
މޮޓޯއެކްސްއަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ އިތުބާރު ހުރި، ފެންވަރު ރަނގަޅު ބްރޭންޑްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. މެރިން އެކްސްޕޯ 2026ގައި އެ ކުންފުނިން ބައިވެރިވުމަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތް ކުރިއެރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.
މެރިން އެކްސްޕޯ ކުރިއަށްދާނީ މާދަމާގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 10އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މޮޓޯއެކްސްގެ އުފެއްދުންތައް ބަލާލުމަށް އެ ކުންފުނީގެ ސްޓޯލް، އެސް50އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.
މެރިން އެކްސްޕޯގައި މޮޓޯއެކްސްއިން ދަތުރުފަތުރުގެ އާ އީޖާދުތައް ދައްކާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ