މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) އަދި މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ހުސެއިން ޝަފީޤް އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން ބުނީ ހުސެއިން ޝަފީޤް އެމްޕީއެލް ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
ކަނޑުދަތުރުފަތުރު މެނޭޖްކޮށް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ހުސެއިން ޝަފީޤް އަކީ ތަޖުރިބާކާރުގެ ކެޕްޓަނެއްގެ އިތުރުން މަހާޖައްރާފުގެ ފުރަތަމަ ދިވެހި ކެޕްޓަން އަދި ކެޕްޓަނެއްގެ ގޮތުގައި 10 އަހަރު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރެކެވެ.
ހުސެއިން ޝަފީޤް އެ މަގާމަށް އައްޔަންކޮށްފައިމިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޝްވާން މި މަހުގެ 6 ވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އެމްޕީއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ހުސެއިން ޝަފީޤް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ