ޕެންޝަން އޮފީސް މެދުވެރިކޮށް "ވަލުދޮރާށިން" ފައިސާ ޗާޕު ކުރި މައްސަލަ އަންނަ ސަރުކާރެއްގައި ތަހުގީގުކޮށް، މިކަމުގައި ޒިންމާވާ އެންމެނަށް ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، އަބްދުލްގަފޫރު މޫސާ (ގަޕޯ) މިރޭ ވިދާޅުވެއްޖެ އެވެ.
ޕެންޝަން އޮފީހުން ކުރިން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުތަކަށް އެމްއެމްއޭއަށް ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރާ މައްސަލައިގައި އެކްސްގައި ލިޔުއްވަމުން ގަޕޯ ވިދާޅުވީ މިއީ ރައްޔިތުންނަށް ވެވޭ ގައްދާރެއް ކަމަށެވެ.
ޕެންޝަން ބޯޑުން، ސަރުކާރަށް ވަލުދޮރާށިން ފައިސާ ޗާޕް ކުރަން މަގުފަހިކޮށް ދިނުމަކީ ރައްޔިތުންނަށް ވެވޭ ގައްދާރެއް، ދެންއަންނަ ސަރުކާރެއްގައި، މިކަން ރަނގަޅަށް ތަހުގީގުކޮށް، މިކަމުގައި ޒިންމާވާ އެންމެން ޤާނޫނުގައިވާ ގޮތަށް ޖަވާބުދާތީކޮށް ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދެކުނު ދާއިރާގެ މެންބަރަކަށް ވެސް ހުންނެވި ގަޕޯ ވަނީ، އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހަޅާނެ ކަަމަށް ވެސް ހާމަކުރައްވާފަ އެވެ.
ޕެންޝަން އޮފީހާއީ އެމްއެމްއޭ އާއި ފިނޭންސް ބައިވެރިވެގެން، ފަށަލަކޮށްގެން ހިންގާ މި މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުން ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒާއި އެ ބޯޑުގެ އެހެން ދެ މެންބަރަކާއި އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމާއި ސީއެފްއޯ ހައްވާ ފަޖުވާ ވަނީ އިސްތިއުފާދެއްވާފަ އެވެ.
މި މުއާމަލާތާ ގުޅިގެން އިގުތިސޯދީ މާހިރުންނާއި ފަންނީ ގިނަ ބަޔެއްގެ ކަންބޮޑުވުން ހުރި ނަމަވެސް ޕެންޝަން އޮފީހުން ވަނީ މި މުއާމަލާތް ދިފާއުކޮށްފަ އެވެ. އެ އޮފީހުން ބުނާ ގޮތުގައި މިއީ ފަންޑަށް ފައިދާވާ ގޮތަށް، އެ ފަންޑުގައި ނެތް ބޭރު ފައިސާގެ ރިޒާވެއް އުފެދޭ ގޮތަށް ހިންގާ މުއާމަލާތެކެވެ.
ޕެންޝަން އޮފީހުން މިހެން ބުނި ނަމަވެސް މިއީ އިގުތިސޯދަށް ނުރައްކާ ބޮޑު މުއާމަލާތެއް ކަމަށް މި މައްސަލައިގައި އަދަދުއާ ވާހަކަ ދެއްކި އެންމެން އިއްތިފާގުވެ އެވެ. އަދި މި މުއާމަލާތުގައި ފައިސާ ޗާޕުކުރުމުގެ ހުރިހާ ސިފައެއް ހަމަވާ ކަމަށް ވެސް އެ މާހިރުން ބުންޏެވެ.
ޕެންޝަން އޮފީސް މެދުވެރިކޮށް "ވަލުދޮރާށިން" ފައިސާ ޗާޕުކުރި މައްސަލަ ތަހުގީގުކުރާނަން: ގަފޫރު ޕެންޝަން އޮފީސް މެދުވެރިކޮށް "ވަލުދޮރާށިން" ފައިސާ ޗާޕުކުރި މައްސަލަ ތަހުގީގުކުރާނަން: ގަފޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ