ލަންޑަން (ޑިސެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ކްރިސްޓަލް ޕެލަސް ދަނޑުގައި އެ ޓީމު އަތުން ޓޮޓެންހަމް ހޮޓްސްޕާސް އިން 1-0 އިން މުހިންމު މޮޅެއް ހޯދައިފި އެވެ.
މިއީ އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ޓޮޓެންހަމް އަށް ލިބުނު ދެ ވަނަ މޮޅެވެ. މި މޮޅާ އެކު ޓޮޓެންހަމް ލީގުގެ 11 ވަނައިގައި އޮތީ 18 މެޗުން 25 ޕޮއިންޓާ އެކު އެވެ. ޕެލަސް އަށް 18 މެޗުން ލިބުނު 26 ޕޮއިންޓާ އެކު އޮތީ ނުވަ ވަނައިގަ އެވެ.
ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅުގަ އެވެ. ރިޗާލިސަން ދިން ބޯޅައަކުން މި ލަނޑު ޖެހީ 19 އަހަރުގެ އާޗީ ގްރޭ އެވެ. މިއީ، ސީނިއާ ޓީމަށް ގްރޭ ޖަހައިދިން ފުރަތަމަ ގޯލެވެ.
ޓޮޓެންހަމް އަށް އިތުރު ގޯލު ޖަހައިދޭން ރިޗާލިސަން ކާމިޔާބު ކުރި ދެ ލަނޑެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމިއިރު، އެ ޓީމުގެ ވިލްސަން އޮޑޮބެއާ ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
މި ފަހަރުގެ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސަންޑަލެންޑުން ރޭގެ މެޗުގައި ލީޑުނަގާފައި ވަނިކޮށް ނިމުނީ 1-1 އިން ލީޑްސް ޔުނައިޓެޑާ އެއްވަރުވެގެންނެވެ. ސިމޯން އަޑިންގްރާ ވަނީ ސަންޑަލެންޑަށް ލީޑުނަގައިދީފަ އެވެ. ލީޑްސް އަށް އެއްވަރުކޮށްދިނީ ޑޮމިނިކް ކަލްވެޓް-ލެވިން އެވެ. ކަލްވެޓް-ލެވިން މި ވަނީ ލީގުގައި ޖެހިޖެހިގެން ހަ ވަނަ މެޗުގައި ލަނޑު ޖަހައިފަ އެވެ.
ޕެލަސް ދަނޑުގައި ޓޮޓެންހަމް އަށް މުހިންމު މޮޅެއް ޕެލަސް ދަނޑުގައި ޓޮޓެންހަމް އަށް މުހިންމު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ