ސިޔާސަތަކީ އެއްވެސް މީހަކު ބާކީނުކުރުން: ރައީސް
އެންމެން ޝާމިލުވާ ރާއްޖެއެއް ބިނާކުރުމުގައި ދެމި ތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރައީސް މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ބްރައިލް ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.ރައީސް ވިދާޅުވި ގޮތުގައި ހަގީގީ މާނައިގައި އެންމެން ޝާމިލުވާ މުޖުތަމައަކީ، އެއްވެސް ހުރަހެއް ނެތި ކޮންމެ މީހަކަށް މައުލޫމާތާއި ފުރުސަތުތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވެފައިވާ މުޖުތަމައެކެވެ."މިއަދަކީ، ދިވެހިރާއްޖޭގެ ސިޔާސަތުތަކަކީ އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ، އަދި ކޮންމެ ނިންމުމެއްގައިވވެސް އެންމެންގެ ބައިވެރިވުން ހިމެނޭނެފަދަ ނިޒާމެއް ބިނާކުރުމުގެ އަޒުމް އާކުރާ ދުވަހެއް،" ރައީސް ވިދާޅުވި އެވެ.ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ބާކީނުކޮށް، ކޮންމެ ފަރުދަކަށް ވެސް ފަސޭހަކަމާއެކު ކަންކަމުގައި ބައިވެރިވެވޭނެ ފަދަ މާހައުލެއް ރާއްޖޭގައި ގާއިމު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ