ކުރީގެ ފިލްމީ ތަރި އަބްދުއްރަހްމާން ރައޫފް (އަދުރޭ) އަދުރޭއަށް ހާޓްއެޓޭކެއް ޖެހި ފަރުވާ ދޭން ފަށައިފި އެވެ.
އަދުރޭ އަކީ ކުރީގެ ގިނަ ފިލްމްތަކަކުން ދިވެހީންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވި ފަންނާނެކެވެ. ހާއްސަކޮށް "ޅީދަރިފުޅު" ފިލްމާއި "ދޮންމަންމަ" ފިލްމު އަދި "ހީލަތް" ފަދަ ފިލްމުތަކުން މުޅިން ރޯލްތަކުން ފެނިގެންދިޔަ އެވެ.
އޭނާ ފަހުން ވަނީ ފިލްމީ މަސައްކަތާއި މުޅިން ދުރަށް ގޮސްފަ އެވެ. އޭނާގެ އާއިލާ އިން ބުނީ ރިސޯޓްގައި މަސައްކަތުގައި އުޅެނިކޮށް ހާލު ދެރަވެ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދުރޭއަށް ހާޓްއެޓޭކެއް ޖެހިފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެ އެވެ.
އޭނާގެ ހާލަތާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ނުލިބެ އެވެ.
އަދުރޭއަށް ހާޓްއެޓޭކެއް ޖެހި ފަރުވާ ދެމުންދާއިރު މަޝްހޫރު ފިލްމީ ތަރި އަހްމަދު ނިމާލަށްވެސް ހާޓްއެޓޭކެއް ޖެހި ހާލު ވަރަށް ސީރިއަސްވެ އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
ކުރީގެ ފިލްމީ ތަރި އަދުރޭއަށް ހާޓްއެޓޭކެއް ޖެހި ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ