އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއުގެ ބިންގާ އަޅައިފި
ނ. އަތޮޅުގައި ތަރައްޤީކުރާ 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވާދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ.ސަރުކާރުން ބުނެފައި ވަނީ މަޝްރޫއު ނިމުމުން މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭނެ ދެމެހެއްޓެނިވި ތަރައްގީގެ ނަމޫނާއަކަށް ވާނެ ކަމަށެވެ.'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' ގައި ލަގްޒަރީ ފެންވަރުގެ މެހެމާންދާރީގެ ޚިދުމަތްތަކާއި ރެސިޑެންޝަލް ބައިތައް ހިމެނޭނެ އެވެ. މީގެ އިތުރުން މުހިންމު އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާތައް ވެސް މި ޓައުންޝިޕްގައި ހިމެނެ އެވެ. އޭގެ ތެރޭގައި، ރާއްޖެ އަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައިގަނޑު މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ، އެންމެ ޒަމާނީ މެޑިކަލް ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަޝިޕް ސްކޫލެއް ހިމެނެ އެވެ. އަދި ކާނާގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށް ތަރައްގީކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނިޒާމްތައް ހިންގާނެ ވަކި ރަށެއްވެސް ހިމެނެ އެވެ.މި މަޝްރޫޢަށް ބޭނުންވާ ކަރަންޓުގެ މަދުވެގެން 60 ޕަސެންޓް އުފައްދާނީ އިޔާދަކުރަނިވި ހަކަތައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ