5 އަހަރުން ރައީސް ޞާލިހަށް ބެހެއްޓުނީ ފާހާނާ ތައްޓެއް: މުޙައްމަދު އިސްމާއިލް

5 އަހަރު ދުވަހުގެ ތެރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ކުރެވުނުހާވެސް ކަމަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ހިއްކި ބިމުގައި ފާހާނާތައްޓެއް ބަހައްޓާލުންކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 
މުޙައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައި މި ސަރުކާރުގެ ތަރައްގީގެ ދުވެއްޔަށް ފާޑުވިދާޅުވަމުން ނެވެ. 
ރައީސް ޔާމިނަާއި ރައީސް ޞާލިހުގެ ތަރައްގީ އަޅާކިޔުމަށް މުޙައްމަދު އިސްމާއިލް ޓްވީޓާގައި ހިއްސާކުރި ފޮޓޯ
މުޙައްމަދު އިސްމާއިލް ހިއްސާކުރި އެ ފޮޓޯއިން ފެނިގެން ދަނީ ހުޅުމާދޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދެވެ. ހިޔާ މަޝްރުއުގެ ދަށުން ރައީސް ޔާމީންގެ ޒައާމަތުގައި އަޅާ ނިންމާފައިވާ ހިޔާ ޓަވަރުތައް ދުރަށް ފެންނަން ހުރިއިރު ފޮޓޯގެ އެއްކަނަކަށް ވާގޮތަށް ފާޚާނާ ތައްޓެއް ބަހައްޓާފައި ހުއްޓާ ފެނެއެވެ. 
އެ ފޮޓޯއަށް އިޝާރާތް ކުރައްވާ މުޙައްމަދު އިސްމާއިލް ވިދާޅުވީ ވެރިކަން ކުރައްވަން ރައީސް ޔާމީނަށް ލިބިލެއްވި 5 އަހަރުގެ ތެރޭގައި އެމަނިކުފާނު ބޮޑު ފަޅެއް ހިއްކަވާ އެތައް ހާސް ފްލެޓުއަޅާ، އެ ޝަރަހަށް ދިއުމަށް ބޮޑު ބުރިޖެއްވެސް އަޅުއްވާ ނިންމަވާދެއްވާފައިވާ ކަމަށެވެ. 
އެއާއި ޚިލާފަށް ރައީސް ޞާލިހަށް ވެރިކަން ކުރައްވަން ލިބިވަޑައިގަތުމުން ކުރެވުނުހާވެސް ކަމަކީ ރައީސް ޔާމީން ހިއްކި ސަރަހައްދުގައި ފާޚާނާތައްޓެއް ބަހައްޓާލުންކަމަށް އޭނާ ވިދާޅުވިއެވެ. 
"މިފެންނަނީ ރައީސް ޔާމީންއާއި ރައީސް އިބްރާހިމްގެ ތަފާތެވެ. 5 އަހަރުން ފަޅެއް ހިއްކައި، އެތައް ހާސް ފްލެޓް އަޅައި، ބުރިޖަކުން ހުޅުމާލެ ރައީސް ޔާމީން ގުޅުވާލި އިރު، ރައީސް އިބްރާހީމަށް ބެހެއްޓުނީ ހިއްކިތަނުގައި ފާހާނަ ތައްޓެކެވެ"
އިދިކޮޅުގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުޙައްމަދު އިސްމާއިލް 
އެކަމުން އެކަނިވެސް ދެ ރައީސުންގެ ތަފާތު ފެނިގެންދާކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ތަސްވީރަށް ބަލާލުމުން ތަރައްގީގެ ފިކުރަކީ ރައީސް ޔާމީންގެ ޕީޕީއެމް ފިކުރުކަން އެނގިގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ