"ކިއްލާ މާލޭ" ނެރުނު މާދަމާ ރޭ، ހުޅުވިފައިވާ ދައުވަތެއް

ރައީސް މުހައްމަދު ނަޝީދަކީ ލިޔުންތެރިއެއް އަދި ނޫސްވެރިއެއްގެ އިތުރުން ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވުމުގައި ވަރަށް ގިނަ މަސައްކަތް ކުރައްވާ ބޭފުޅެކެކެވެ.
ކުރީގެ ރައީސް، އަދި ރައްްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދުގެ އާ ފޮތް "ކިއްލާ މާލޭ" ނެރެން އާންމު ދައުވަތެއް ހުޅުވާލައިފި އެވެ.
"ކިއްލާ މާލޭ" ނެރުމުގެ ހަފުލާ އިންތިޒާމް ކޮށްފައި ވަނީ މާދަމާ ރެއަށެވެ. ފޮތުގެ ޕަބްލިޝަރު، ރައީސް ނަޝީދުގެ އޯސަން ޕަބްލިޝާސް އިން ބުނެފައިވާ ގޮތުގައި ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މި ހަފުލާ އޮންނާނީ މާދަމާރޭ 8:15 އިގަ އެވެ. މިހާރުވެސް ފޮތަށް ޕްރިއޯޑާ ކުރެވޭނެ އެވެ."ކިއްލާ މާލޭ" އަކީ ރިސާޗް މަސައްކަތަށާއި ލިޔުއްވުމަށް ރައީސް ނަޝީދު ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި ފޮތެކެވެ. 
"ވެރިންނާއި ވެރިކަމާ ގުޅޭ ދިރާސާއެއް ނޫނެވެ. އެދުވަހު މާލޭގައި ދިރިއުޅުނު މީހުންނާ ގުޅޭ ދިރާސާއެކެވެ. އެމީހުންގެ އާއިލާތަކުގެ މައުލޫމާތެވެ. އެ އާއިލާތައް ފެށިގެން އައި މަގު ކިޔައިދީފައި ވަނީ އެކަން ހިނގި އިރުގެ ފަތްކޮޅުތަކުންނެވެ. ދޮގު ކުރެވެން ނެތް މިންވަރުގެ ހެތްކާއެކު އެވެ. މިއީ މާލޭގެ ހުރިހާ އެންމެންގެ ވާހަަކަ އެވެ.މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫނެވެ. ރާއްޖޭގެ އެކި ރަށްރަށުންނާއި އަދި އެތެރެވަރިއާއި ދުނިޔޭގެ ވެސް އެތަން މިތަނުން މީހުން އައިސް ވަޒަންވެރިވެ އުފައްދާފައިވާ އާބާދީއެއްގެ ރަށެކެވެ. ކިއްލާ މާލެ ފީނާފައި ވަނީ މި ހަގީގަތް ހޯދުމަށެވެ. މިއީ ރައީސް ނަޝީދުގެ ދިރާސާތަކުގެ ތެރެއިން އެންމެ ފުން އެއް ދިރާސާ އެވެ. ކިއްލާ މާލެ މިފޮތުގެ ވަކާލާތަކީ: މާލެއަކީ ކޮބައި ކަމާއި އަދި އެރަށުގެ މަގުތަކާއި އަދި ބައެއް ބިނާތަކުގެ ވާހަކައެވެ، މާލޭގެ ގޯތި ގެދޮރު ހުރި ތަންތަނާއި އަދި ބައެއް ފަހަރު އެތަންތަނުގައި ހުރި ތަކެތީގެ ވާހަކަ އެވެ. މާލެއަކީ އެންމެ ފުރަތަމަ ދަރަޖައިގައި ކިއްލާއެކެވެ. ކޯއްޓޭއެކެވެ. ވަށައިގެން ބޮޑު ފާރަކާއި ބަޑި ހަރުކުރި ބުރުޒުތަކަކުން ހިމާޔަތް ކުރެވިފައިވާ ކިއްލާއެކެވެ.        
ރައީސް މުހައްމަދު ނަޝީދަކީ ލިޔުންތެރިއެއް އަދި ނޫސްވެރިއެއްގެ އިތުރުން ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވުމުގައި ވަރަށް ގިނަ މަސައްކަތް ކުރައްވާ ބޭފުޅެކެކެވެ. ނޫސްވެރި ކަމުގެ ގިނަ ލިޔުންތަކަށް ފަހު ސިޔާސީ މައިދާނަށް ވަދެ ވަޑައިގެންނެވި ފަހުން އެ މަނިކުފާނު ނޫސްވެރިކަމުގެ މަސައްކަތް ދޫކޮށްލެއްވި އެވެ. ނަމަވެސް މިހާރު "އޯޝަން ވީކްލީ" ގެ ނަމުގައިހަފުތާ މަޖައްލާއެއް ނެރުއްވަ އެވެ. އަދި ލައިބްރަރީއެއް ވެސް ހިންގަވަ އެވެ.މީގެ އިތުރުން ލިޔުންތެރިކަމުގެ މަސައްކަތް ހުއްޓާ ނުލައްވާ ކުރައްވަ އެވެ. އެ މަނިކުފާނުގެ އެންމެ ފަހުގެ ފޮތަކީ "ދެ ރަދުން" އެވެ. އޭގެ ކުރީން "އެއްބަސްވެވޭ އިންގިލާގު" އާއި "ދަގަނޑު ދަހަނާ" އާއި "ދަނޑިކޮށި" އަދި "ވެރިއެއްގެ ނިމުން" ފަދަ އިލްމީ ފޮތްތަކާއި ބައެއް ހިޔާލީ ވާހަކަ ލިޔުއްވެވި އެވެ. އެ މަނިކުފާނުގެ ވާހަކަތަކުގެ ތެރެއިން "ހިތާއި ހިތުގެ ގުޅުން" އެއީ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ފޮތެކެވެ. އަދި ފަހުން އެ ނަން ވެސް ވެފައި ވަނީ ވަރަށް ހިނގާ ނަމަކަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ