ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އުމަރު ޒާހިރު އޮފީސް އިމާރާތައް ބަދަލުކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ  އުމަރު ޒާހިރު އޮފީސް އިމާރާތައް ބަދަލުކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ މިއަދުން ފެށިގެން އެ މިނިސްޓްރީ ހިންގަމުން ގެންދާނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މިނިސްޓްރީން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ ހަޔާ އެޑިއުކޭޝަން ކައުންޓަރުން ލިބޭނެ ކަމަށް ވެސް އިއުލާންގައި ވިދާޅުވެފައި ވެއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ ވެސް އެ އިމާރާތުގައި ހުންނާނެއެވެ. އަދި ރާއްޖޭގައި ހުޅުވަން ތައްޔާރުވަމުންދާ އެމެރިކާ އެމްބަސީ ވެސް ހުންނާނީ އެއިމާރާތުގައެވެ.
މިއީ މާލެއިން ބޭރުގައި ސަރުކާރުގެ މިނިސްޓްރީއެއްގެ އޮފީހެއް ހެދި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ