ފ. ބިލެއްދޫގެ ޒަމާންވީ އިންޖީނުގެ ނިއްވާލައި، ސަރުކާރުން އެރަށުގައި މުޅިން އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.
މި އިމާރާތް ރައީސް ސޯލިހު ހުޅުއްވައިދެއްވާފައިވަނީ އެމަނިކުފާނު މިހާރު ފ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މިރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ އިތުރުން ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކުރިން އެރަށުގައި ހިންގަމުންދިޔައީ 24 އަަހަރުވީ އިންޖީނުގެއެކެވެ. އެއީ ބޮޑުމިނުގައި 19 ފޫޓު 31 ފޫޓުގެ އިންޖީނުގެއެކެވެ. އަދި ކުރިން އެރަށުގައި އޮފީސް އިމާރާތް ހިންގަމުން ގޮސްފައިވަނީ 18 ފޫޓު 16 ފޫޓުގެ ތަނެއްގައެވެ.
ނަމަވެސް މިސަރުކާރުގެ ކަރަންޓުގެ ޚިދުމަތްތަށް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން އެރަށުގައި އަލަށް އިމާރާތް ކޮށްފައިވަނީ ޖާގަ ތަނަވަސް ބޮޑު އިމާރާތެކެވެ. އެގޮތުން މިހާރު އިންޖީނުގޭގެ ބޮޑުމިނުގައި 74 ފޫޓު 30 ފޫޓު ހުންނައިރު، އޮފީސް އިމާރާތުގައި 50 ފޫޓު 33 ފޫޓު ހުރެއެވެ.
މި ދެ އިމާރާތަކީވެސް ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކޮށްފައިވާ އިމާރާތްތަކެކެވެ. އެގޮތުން އަލަށް އިމާރާތްކުރި އިންޖީނުގޭގައި ކޮންޓްރޯލް ރޫމް، ޑެގްރޫމް، ވޯކްޝޮޕް، ސްޓޯރ، ޗިމްނީ، ފިއުލް ޓޭންކު އަދި ޕޭންޓްރީ އަކާއި ފާހާނައެއް ހިމެނެއެވެ. އަދި އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަން، ލޮބީ، މީޓީންގ ރޫމް، މެނޭޖަރ ރޫމް، ޓެކްނިކަލް ސްޓާފް ރޫމް، ޕޭންޓްރީ އަދި ފާހާނާއެއް ހިމެނެއެވެ.
ބިލެއްދޫގައި ކަރަންޓުގެ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފްކޮށްފައިވަނީ މީގެ 33 އަހަރު ކުރިން 1990 ގެ ތެރޭގައެވެ. އެންމެ ފުރަތަމަ ރައްޔިތުންގެ ޖީބުން ޚަރަދުކޮށްގެން ގެންދިޔަ 3 ކިލޯވޮޓް އަދި 5 ކިލޯވޮޓްގެ ޖަނެރޭޓަރު ސެޓުތަކުގައި ވެސް އެތައް އަހަރެއްވަންދެން އެރަށުގައި ވަނީ ކަރަންޓުގެ ޚިދުމަތް ދީފައެވެ. އޭގެ 25 އަހަރު ފަހުން ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ޢިމާރާތެއް ވަނީ ތަރައްޤީކޮށްފައެވެ.
ރަށުގެ އާބާދީ އާއި އިތުރުވަމުންދިޔަ ކަރަންޓު ކެޕޭސިޓީއާއެކު ޖާގައިގެ ދަތިކަން ވަނީ ބިލެއްދޫގައި ބޮޑުވެފައެވެ. އައު އިންޖީނުގެއާއެކު މިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް ފަނަކައިން ބުނެއެވެ. ބިލެއްދޫގައި މިވަގުތު ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރަމުން އަންނަނީ 1200 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓެކެވެ. ސްކޫލް ކައިރީގައި މީގެކުރިން ހުރި އިންޖީނުގެ މިހާރު ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުން ރަށުގެ ބަނދަރު ސަރަޙައްދުގައި ޤާއިމުކޮށްފައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
ބިލެތްދޫގެ ޒަމާންވީ އިންޖީނުގެ ނިއްވާލައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ