ރައީސް ނަޝީދަކީ އަދިވެސް ސިޔާސީ މައިދާނުގެ ބޮޑު ނަން: އިންތި

ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ އަދިވެސް ސިޔާސީ މައިދާނުގެ "ބޮޑު ނަން" ކަމަށާއި ދަޢުލަތުގެ ބާރުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ނަޝީދު ނައްތާލުމަށް މަސައްކަތްނުކުރާ ވެރިކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ޕާޓީ ބައިބައިވެފައިވާއިރު ރައީސް ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުން ގެންދަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށާއި މި ސަރުކާރާމެދު ބޮޑެތި ފާޑުކިޔުންތައް ކިޔައި ތުހުމަތުތައް އަމާޒުކުރަމުންނެވެ. މިގޮތުން އިންތި މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ވެރިކަން ވެސް ހިމެނޭގޮތުން، ދައުލަތުގެ ބާރުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ނަޝީދު ނައްތާލުމަށް މަސައްކަތްނުކުރާ ވެރިކަމެއް ނެތް ކަމަށާއި ފުރާނަ ދުއްވާލުމަށް ބޮމް ގޮއްވާލުމަށް ފުރުސަތު ވެސް ދީފިކަމަށެވެ.
"މި ވެރިކަން ވެސް ހިމެނޭގޮތުން، ދައުލަތުގެ ބާރުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން މިމީހާ ނައްތާލުމަށް މަސައްކަތްނުކުރާ ވެރިކަމެއް ނެތް؛ ފުރާނަ ދުއްވާލުމަށް ބޮމް ގޮއްވާލުމަށް ފުރުސަތު ވެސް ދީފި؛ އިރާދަފުޅުން އަދި ވެސް މިއީ ސިޔާސީ މައިދާނުގެ "ބޮޑު ނަން." އިންތި ވިދާޅުވިއެވެ.
އިންތި މިހެން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ރައީސް ނަޝީދު ގޮތްޕެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ