އެމްޑީޕީ "ފުނޑައިލަން" އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަނީ ޑީއާރުޕީ "ފުނޑައިލަން" އޭރު އެޕާޓީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި މަސައްކަތް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ޕާޓީގެ ތެރޭގައި ހަމަނުޖެހުން އުފެއްދެވުމަށްކަމަށް ޝަރީފު ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. އަދި އެ މަނިކުފާނު އެމްޑީޕީން "ބޭރު ކުރަން" ޖެހޭ ކަމަށް ޝަރީފު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޝަރީފު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށްފަހު އެޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެފައިވާއިރު ޕްރައިމަރީއިން ބަލިިވި ރައީސް ނަޝީދަށް ތާއިދު ކުރައްވާ މަޖިލީހުގެ މެމްބަރުން ވަނީ ޖުމްހޫރީ ޕާޓީއާއި ބައްދަލުކުރައްވާފައެވެ. ޖުމްހޫރީ ޕާޓީއިން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ކެންޑިޑޭޓެއް ނެރުމަށް ނިންމާފައެވެ. އަދި އެޕާޓީން މިހާރު ވަނީ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލައިފައެވެ.
އެމްޑީޕީ "ފުނޑައިލަން" ރައީީސް ނަޝީދު ކުރައްވަނީ ޑީއާރުޕީ "ފުނޑައިލަން" މައުމޫން ކުރެއްވި މަސައްކަތް: ޝަރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ